ބުޅި އިސްތަށިގަނޑެއް ރީތި ކޮށް ގެންގުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ތިޔަ އިސްތަށި ގަނޑުގައި ފުނާ އަޅާލަބަލާށޭ، ހީވަނީ ފެންނުވަރާ ހުރިހެންނޭ މީހުން ބުނެ އުޅެ އެވެ. މިހެން ބުނެ އުޅޭތީ ހިތްހަމަނުޖެހޭ ފަހަރު ވެސް އާދެ އެވެ. މި ކިޔައިދެނީ ބުޅި އިސްތަށިގަނޑު ރީތިކޮށް ގެންގުޅެން ޓިޕްސްތަކެކެވެ.

އެޕަލް ސައިޑާ ވިނެގާ

އެޕަލް ސައިޑާ އަކީ ބަލައިލަން ނިކަމެތިކޮށް އޮންނަ ބުޅި އިސްތަށިގަޑަކަށް ބޭނުންވާނެ އެންމެ ރަނގަޅު އެއް ހައްލެވެ. މިއިން އިސްތަށިގަނޑު އޮފު އަރުވާލައި ރީތިކޮށްލައިދޭނެ އެވެ. ފެނާ އެއްވަރަކަށް އެޕަލް ސައިޑާ އެއްކޮށްލާށެވެ.- ބޮލުގައި ޝޭމްޕޫ ލުމަށް ފަހު، އެއްކުރި ސޮލިއުޝަނުން އިސްތަށިގަނޑު ދޮވެލާށެވެ. އިތުރު ގޮތެއް ނުހަދާ، އިސްތަށިގަނޑު މާބޮޑަށް ނުތަޅުވައި އިރުކޮޅަކު ބެހެއްޓުމަށް ފަހު ފިނި ފެނުން ދޮވެލާށެވެ.- މިގޮތަށް މަހަކު ދެ ފަހަރު އިސްތަށިގަނޑު ދޮންނަން އާދަކުރާށެވެ.

ބިސް

ކުކުޅު ބިސް ބިހަކީ ވެސް ރަނގަޅު ފަރުވާއެކެވެ. ކުކުޅުބިހެއް ބޯތައްޓެއްގައި ވިސްކު ކޮށްލާށެވެ.- މޭޒުމަތީ އެއް ސަމުސާ މެޔޮނައިޒް އަދި މޭޒުމަތީ ދެ ސަމުސަލުގެ ޒައިތޫނި ތެޔޮ އަޅާލާފައި އެއްކޮށްލާށެވެ. އިސްތަށިގަނޑުގައި ރަނގަޅަށް އުނގުޅާލުމަށް ފަހު 30 މިނެޓުވަންދެން ރަނގަޅަށް ހިކެން ބަހައްޓާލާށެވެ. އެއަށް ފަހު ފިނި ފެނުން އިސްތަށިގަނޑު ދޮވެލާށެވެ.- މި މިކްސްޗާ އިސްތަށިގަނޑުގައި އުނގުޅަން ރަނގަޅީ ހަފުތާއަކު އެއްފަހަރެވެ.

އެވަކާޑޯ

މިއީ ސިއްހީ ފައިދާތައް ވެސް ގިނަ މޭވާ އެކެވެ. ބުޅި އިސްތަށިގަނޑު ގެންގުޅެލަން ފަސޭހަކޮށްދޭ އަދި އިސްތަށިގަނޑު ހިކިގެން ގޮސް ހަލާކުނުވެ ހިފަހައްޓާލުމަށް މީ ހަމަ އެއް ވަނަ އެވެ. އެވަކާޑޯއެއް ރަނގަޅަށް ޗަސްކޮށްލުމަށް ފަހު މޭޒުމަތީ ދެ ސަމުސަލުގެ ޔޯގަޓް އަޅާލައި ކްރީމްގަނޑަކަށް ވާގޮތަށް ރަނގަޅަށް އެއްކޮށްލާށެވެ. ޕޭސްޓުގަނޑު އިސްތަށިގަނޑުގައި އުނގުޅާލުމަށް ފަހު ގަޑިއެއްހާއިރު ވަންދެން ބަހައްޓާލާށެވެ. އެއަށް ފަހު ޝޭމްޕޫލައިގެން ދޮވެލާށެވެ. މި ޕޭސްޓު އިސްތަށިގަނޑުގައި ބޭނުންކުރަން އެންމެ ރަނގަޅީ ގިނަވެެގެން ހަފުތާއަކު ދެ ފަހަރު އެވެ.

އެލޯވެރާ

އެލޯވެރާ އަކީ އިސްތަށިގަނޑުގެ ފަރުވާއަށް އެންމެ ގިނައިން ބޭނުން ކުރަވޭ އެކައްޗެވެ. އެއިން އިސްތަށިގަނޑު އޮފުކޮށްލައި އޮމާންކޮށްދެ އެވެ. އެލޯވެރާ ގަހެއްގެ ފަތަކުން ނުވަތަ ފުޅިއަކުން ޖެލް ނަގައި އިސްތަށިގަނޑުގައި އުނގުޅާލައި މަސާޖުކޮށްލާށެވެ. އަދި 15 މިނެޓު ވަންދަން ބަހައްޓާލާށެވެ. ފެނުން ދޮވެލުމަށް ފަހު ޝޭމްޕޫ ކޮށްލާށެވެ. މި ޓްރީޓްމަންޓު ދޭން އެންމެ ރަނގަޅުވާނީ ގިނަ ވެގެން ހަފުތާއަކު ދެ ފަހަރު އެވެ.