ވިލިމާލޭގައި ބެޓެރި ކާރުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިލިމާލޭގައި ބެޓެރި ކާރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 9:00 އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް ބިލްޑިންގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް އައުމަށް އެދޭ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.
މަސައްކަތުގެ އަގު ހުށަހެޅުމަށް މިމަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 2:00 އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް ބިލްޑިންގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް އައުމަށް އެދޭ ކަމަށެވެ.
އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުންޏަކަށް ނުވަތަ ޕާޓްނާޝިޕް ނޫން ނަމަ ލޯކަލް އިންވެސްޓްމަންޓް ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައިވެ އެވެ.
ފާޑުކިޔާ މީހުންނަށް ކަންގަނާގެ "ފިލްމީ" ރައްދެއް!
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!