ދިމިޝްގު (24 ނޮވެމްބަރު) - އިޒްރޭލުން ސީރިއާއަށް ދިން ރޮކެޓް ހަމަލާއެއްގައި އާއްމުންގެ ދެ މީހަކު މަރުވެ ސިފައިންގެ ހަ މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިއްޖެ އެވެ.
އަސްކަރީ މަސްދަރުތަކާ ހަވާލާދީ ދައުލަތުގެ މީޑިއާ ސަނާއިން ބުނެފައިވަނީ ބެއިރޫތުގެ އިރުއުތުރު މިސްރާބުން އިޒްރޭލުގެ ވައިގެ ހަމަލާތަކެއް ސެންޓްރަލް ސީރިއާގެ ސަރަހައްދުތަކަށް އަމާޒުވެފައިވާ ކަމަށެވެ.
މި ހަމަލާގައި އެއްފަހަރާ އެތައް ސަތޭކަ ރޮކެޓް މިސައިލްތަކެއް އަމާޒުވެފައިވާއިރު އުމްރާނީ ގިނަ ގެއްލުންތަކެއް ވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
"ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތަކެއް ޑިފެންސް ސިސްޓަމްއިން ހުއްޓުވާފައިވާ ނަމަވެސް އާއްމު ރައްޔިތުންތަކެއްގެ ފުރާނަ ގެއްލި ސިފައިންތަކަކަށް ވަނީ އަނިޔާ ވެފައި. އުމްރާނީ ގެއްލުން ވެސް ލިބިފައިވޭ،" އަސްކަރިއްޔާއާ ހަވާލާދީ ސަނާއިން ބުނެފައިވެ އެވެ.
މި ހަމަލާތަކާ ބެހޭ ގޮތުން އިޒްރޭލުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައި ނުވާއިރު އެގައުމަކީ އާއްމުކޮށް ވެސް ސީރިއާގެ އެކި ސަރަހައްދުތަކަށް އެކި ފަހަރުމަތިން ހަމަލާތައް ދޭ ގައުމެކެވެ. – އަލް އަރަބިއްޔާ
ޕީއެންސީގެ ނިންމުމާ ގުޅިގެން ބޮޑު ނުތަނަވަސްކަމެއް!
ނޭންސީ ގުތުރީ ވަގަށް ނެގުން: ލިބުނު ސިޓީތައް އާއްމު ކޮށްފި
ސިނގިރޭޓު ނުބުޔަސް ފުއްޕާމޭގެ ކެންސަރު ޖެހިދާނެތަ؟