ޖުވޭރިޔާ ވަޖުދީ (ޖުވޭ) އަކީ ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ކެއްކުންތެރިއެކެވެ. އަދި ކެއްކުމުގެ ދާއިރާއިން ގައުމީ އަދި ބައިނަލްއަގްވާމީ ޝަރަފުވެރި އެވޯޑުތައް ވެސް ހާސިލްކޮށްފައިހުރި ކުޅަދާނަ އަންހެނެކެވެ.

ދާދި ފަހުން ޖުވޭގެ ރެސިޕީތަކަކަށް ދިން ނަންތައް ފެނި އަހަރެމެންވެސް ހައިރާންވި އެވެ. "މުގު ފަތަރާސް"އިން ފެށިގެން ގޮސް "ބަރަބޯ ބީފާނު"ގެ ނަމުން ކާއެއްޗެއްސަށް ނަންދެވިފައިވާ އިރު މިއީ ކިހިނެތް ވިސްނާފައި ދެވުނު ނަންތަކެއްތޯ ހިތަށް އަރާވަރުވެ އެވެ. އަދި ބައެއް މީހުންނަށް މި ނަންތައް ވެގެން ދިޔައީ ބޮޑު ޖޯކަކަށެވެ.

Adv by Coca Cola
Coca Cola
Adv by Coca Cola
Coca Cola

ޖޯކުޖެހި މީހުނަށް ޖުވޭ މިވަނީ ވަރުގަދަ ރައްދެއް ދީފަ އެވެ. އެއީ ވެސް ޅެމަކުންނެވެ.

ޖުވޭސް ރެސިޕީ ހިއްސާ ކުރާ ފޭސްބުކް ޕޭޖުގައި ހިއްސާ ކޮށްފައިވާ ޅެމުގައި ލިޔެފައިވާގޮތުން ރެސިޕީއަކީ ގަހެއްގައި އަޅާއެއްޗެއް ނޫން ކަމާއި ރެސިޕީއަކީ ނަމެއް ދޭންވީމަ ނަން ފާސްކުރަން ޖެހޭ އެއްޗެއް ވެސް ނޫނެވެ.

އަދި ޖުވޭގެ ޕޭޖްގައި ހިއްސާކުރާ ރެސިޕީ ތަކަކީ 'ކަމާއި ބެހޭފަރާތުގެ ގަވައިދުގެ ދަށުން ބަލާ ފާސްކޮށް، ތަތްގަނޑު ޖަހާފައިވާ ރެސިޕީތަކެއް' ކަމަށް ވެސް ލިޔެފައިވެ އެވެ.

އިނގޭހާވެސް ކަމަކީ އެއްޗެހި ކިޔަސް ޖުވޭވަރެއް ހަމަ ނެތްކަމެވެ. "ހުރިހާ" ގެ ޓީމުން ޖުވޭއަށް ކާމިޔާބަށް އެދެމެވެ.