ހުޅުމާލޭ ހުންނަ ރޯ ހައުސްއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ ރޯވެފައިވަނީ ހުޅުމާލޭ ހިތިގަސްމަގު 6 ވަނަ ގޯޅި ހުންނަ ރޯހައުސްއެއްގައި ކަމަށެވެ. ފަޔާ އެންޑް ރެސްކިއު ސާވިސްއިން މިހާރު އެ ސަރަހައްދުގައި ހަރަކާތްރިވަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ، ތިން ބުރިއަށް ހަދާފައިވާ ރޯ ހައުސްއެއްގެ އެންމެ މަތީ ފަންގިފިލާގަ އެވެ.
އެމްއެންޑީއެފުން ބުނީ މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
މިއަދު މެންދުރު ވަގުތެއްގައި ހުޅުމާލޭ ފޭސް ދޭއްގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެ އެވެ.
އާއްމު އުފެއްދުންތަކުގައި ކެންސަރަށް މަގުފަހި ކުރުވާ މާއްދާއެއް!
އޮރިޖިނަލް ކާސްޓުންނާއެކު "ތުރީ އިޑިއަޓްސް 2" ފަށަނީ!
ދިރާގުޕޭއިން މި ފަހަރު ބާބާ ގާޑިޔާއިން 1 ރުފިޔާއަށް ޝަވަރުމާއެއް!