ރާއްޖޭގެ އިންޓެލިޖެންސް މައުލޫމާތުތައް އިންޑިއާ އާ ހިއްސާކުރުމުން ފައިދާވާ ކަމަށް އިންޑީއާގެ ނޭވީ ޗީފް އެޑްމިރަލް ކަރަމްބީރު ސިންހް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އިންޓެލިޖެންސްގެ މައުލޫމާތުތައް އިންޑިއާއަށް ލިބުމުން މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމުގައި ފައިދާތަކެއްވާ ކަމަށެވެ.
އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން އެކި ނަންނަމުގައި ރާއްޖޭގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ މީހުންގެ މައިގަނޑު ބޭނުމަކީ ވެސް އިންޑިއާއަށް ރާއްޖެއިން އިންޓެލިޖެންސް ފޯރުކޮށްދިނުމެވެ.
އެ ގައުމުގެ މެރިޓައިމް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެޑްމިރަލް ސިންހް ވަނީ އަވަށްޓެރި ސްރީލަންކާ އާއި ދިވެހިރާއްޖެ އިން އިންޑިއާއަށް ޑްރަގް ޓްރެފިކިން އިންޓެލިޖެންސްގެ އެކި މައުލޫމާތުތައް ހިއްސާކުރާކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަމަށް އޭނާ ވިދާޅުވި އެވެ.
ސިންހް ވިދާޅުވިގޮތުގައި މިފަދަ މައުލޫމާތުތައް އެ ގައުމުން ވެސް ރާއްޖެއަށާއި ލަންކާއަށް ދަނީ ފޯރުކޮށްދެމުންނެވެ. އަދި އެގައުމުގެ އެކި ވަސީލަތްތަކުގެ އެހީގައި ވެސް ދެ ގައުމަށް އެހީ ފޯރުކޮށްދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ކޮންމެ ގައުމެއްގައި އޮންނަ ސަރަހައްދުތަކާއި ވަސީލަތްތައް ތަފާތުވާކަން ފާހަގަކުރައްވައި އޭނާ ވަނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރާ މަސައްކަތުން އެދެވޭވަރުގެ ރަނގަޅު ނަތީޖާއެއް ގެނެވޭ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގައި އެއްގޮކަށްވެސްނެތް މަސްތުވާ ފާޑުގެ އެއްވެސް އެއްޗެއް... އެތެރެކުރާއެއްޗެއް ނޫން އެއީ ރާއްޖޭގައި ހައްދާ އެއްޗެއް