މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރު ދިއުމަށް ހަދާ ޕިކްނިކް އައިލެންޑް ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕިކްނިކް އައިލެންޑް ހިއްކުމުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
ކ. ކުޑަގިރީގައި ތަރައްގީކުރާ މި ޕިކްނިކް އައިލެންޑް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް އަންނަ އަހަރުގެ އޭޕްރިލް މަހުގެ ކުރިން ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ފަސް މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ އަގަކީ 48.41 މިލިއަން ރުފިޔާ އެވެ.
މި މަޝްރޫޢުގެ ދަށުން، 8 ހެކްޓަރުގެ ބިން ހިއްކުމާއި، 27.397 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށިލުމާއި، 32.428 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. އަދި މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މާލެއާ 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކާނެ އެވެ. އެއީ އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑަކާއި ސޭންޑް ބޭންކް ގޮތަށް ހަދާ 1.5 ހެކްޓަރުގެ ރަށެކެވެ.
ތިމާވެށި މިނިސްޓަރު ބުނި ދޯ ފަޅު ހިއްކައިގެން މިސަރުކާރުން ތަންތަން ތަރައްގީ ކުރަން އޭނާ ދެކޮޅު ކަމަށް އެއިން އެގިގެންދަނީ އޭނާ އަކީ މިސަރުކާރުގެ ޕޮލިސީސް ތަކާއި ދެކޮޅު މިނިސްޓަރެއް ކަން އެކަން އެގޮތަށް ހުރެއްޖެނަމަ އޭނާ ޖެހޭނީ އިސްތިއުފާދޭންއޭ ތިމާވެށި މިނިސްޓަރު އައިމިނާދިޔެ އިސްތިއުފާ އައިމިނާދިޔެ އިސްތިއުފާ އައިމިނާދިޔެ އިސްތިއުފާ އައިމިނާދިޔެ އިސްތިއުފާ އައިމިނާދިޔެ އިސްތިއުފާ އައިމިނާދިޔެ އިސްތިއުފާ އައިމިނާދިޔެ އިސްތިއުފާ އައިމިނާދިޔެ އިސްތިއުފާ އައިމިނާދިޔެ އިސްތިއުފާ
ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާދޭންވީއޭ އޭނާ ބުނި އޭނާ ބޭނުމެއް ނޫނޭ ފަޅު ތައް ހިއްކައިގެން ޕިކްނިކް އައިލެންޑް ހަދަން އޭނާ އަކީ މިސަރުކާރުގެ ސިޔާސަތާއި ދެކޮޅު މީހަކަށް ވާތީވެ ތިމާވެށި މިނިސްޓަރު ކަމުން ޝައުނާ އިސްތިއުފާ ދޭންވީއޭ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ