ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ދިއްލީއަށް ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.
މޯލްޑިވިއަން އިން ބުނީ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދިއްލީއަށް ސީދާ ދަތުރުތައް މިއަދު ފަށާފައިވާއިރު ހަފުތާއެކު ތިން ދަތުރު ކުރާނެ ކަމަށެވެ. މާލެއިން ދިއްލީއަށް ކުރާ ދަތުރުތަކުގެ ޓިކެޓް އަގު އުޅެނީ 142 ޑޮލަރު (2،180 ރުފިޔާ) އެވެ.
މޯލްޑިވިއަނުން އަންނަނީ މިހާރު ވެސް އިންޑިއާގެ ހަތަރު މަންޒިލަކަށް ދަތުރު ކުރަމުންނެވެ. އެއީ ޗެންނާއި، ޓްރިވެންޑްރަމް، ކޮޗީ އަދި މުމްބާއީ އެވެ. ނިއު ދިއްލީ ދަތުރުތައް މިއަދު ފެށުމާއެކު މިހާރު މޯލްޑިވިއަން އިން އިންޑިއާގެ ޖުމްލަ ފަސް މަންޒިލަކަށް އޮޕަރޭޓްކުރެ އެވެ.
މޯލްޑިވިއަން އިން މާފަރާއި ދިއްލީއާ ދެމެދު ދަތުރުތައް ފަށަން ވެސް ވަނީ ނިންމައިފަ އެވެ. ނަމަވެސް މި ދަތުރުތައް ފަށާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އޭގެ އިތުރުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަދި ތައިލެންޑުގެ ވެރިރަށް ބެންކޮކަށްވެސް މޯލްޑިވިއަނުން ދަތުރު ކުރެ އެވެ.
އުމުރަށް ޖަލަށް ލިޔަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒު
ފުރާޅެއް ސާފުކުރަން އުޅުނު ދެބެއިން ކަރަންޓްގައި ޖެހި ފަރުވާދެނީ
އީރާނުން 21 މީހަކަށް މަރުގެ އަދަބު ދީފި