އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލާމާތްތައް ހުރުމުން ފްލޫ ކްލިނިކަށް ގޮސް ޓެސްޓުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި ޕޮޒިޓިވްކަން އެނގުނީ މިއަދު ނަތީޖާ ލިބުމުންނެވެ.
ފުއާދު ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެންބަރު ފުއާދު އިންތިހާބު ކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ފުއާދު ވަނީ އިލެކްޝަން ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.
ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ވިއްސާރައިގައި، ކަނޑޫދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް
ޔަމީ ބޮލީވުޑް ދޫކޮށްލަން ނިންމީ ކީއްވެ؟
އަވަސް ޝިފާއެއްމިންވަރުކުރައްވާށި!އާމީން