ގަލޮޅު މަދަރުސާގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ އަންހެން މަސައްކަތު މީހުން، އެ މީހުންގެ މަސައްކަތުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި އެވެ.
އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން މަސައްކަތު ދައްތަމެން ވަޒީފާގެ މަސްއޫލިއްޔަތުތަކުން މިހާރު ދުރުކޮށްފައިވާ ކަމަށެވެ. އަދި ކިޔަވާ ކުދިން ފާހާނައަށް ދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުން ކަމަށް ސްކޫލުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ފާޚާނަ ކުރުމަށްފަހު އެއްވެސް އެހީތެރިކަމެއް ބޭނުންވާ ކުއްޖެއް ވާނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުއްޖެއްގެ ބެލެނިވެރިއަކަށް އެންގޭނެ ކަމަށް ސްކޫލުން ބުނެފައިވެ އެވެ. އަދި ސްކޫލުގައި ކިޔަވާ ކުދިންގެ ރައްކާތެރިކަމަށް އެ ސްކޫލުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމާފައިވާ ކަމަށާއި، 18 ސަރަހައްދެއް މޮނިޓާ ކުރަމުން ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ ސްކޫލުން ވަނީ ބުނެފަ އެވެ.
ކުޑަ ކުއްޖަކަށް ސްކޫލުގެ އަންހެން މަސައްކަތު މީހެއްގެ ފަރާތުން ޖިންސީ އަނިޔާކުރި މައްސަލަ ފެންމަތިވެފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މި މައްސަލައާ ގުޅިގެން ސްކޫލުގައި މަސައްކަތް ކުރާ މަސައްކަތު އަންހެނަކަށް ތުހުމަތުކުރާއިރު، އޭނާއަށް ފިޔަވަޅު އެޅުމުގެ ބަދަލުުގައި މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް އޮއްބާލަން އުޅުނު ކަމަށް އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ވަނީ ބުނެފަ އެވެ.
މި މައްސަލަ ބަލައި އަނިޔާކުރި މީހާއާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ، މިކަމާ ގުޅިގެން ގިނަ ބެލެނިވެރިންގެ ފަރާތުން ޝަކުވާ ހުށަހަޅައި، މުޒާހަރާ ކުރުމަށް ވެސް ހަމަޖެހިފައިވަނިކޮށް ކަމަށް ބެލެނިވެރިއަކު "ހުރިހާ" އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.
މި މައްސަލަ ގަލޮޅު މަދަރުސާއިން އާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ދެން ކޮންމެ ގޮތެއް ވިޔަސް ވެއްޖެ ދޯ ގަމާރު ކަމާ ހަޔާތް ކުޑަ ކަން ދޫކޮށްލާފަ، ކުޑަ ކުޑަ ކުދިންގެ ދިރިއުޅުން މިގޮތައް ހަލާކު ނުކުރަން. އެވަރަށް މިވަރަށް ގޮވާ އަބަދު ހޭރޭއިރު ވެއްޖެ ދޯ މިކަން އެ ކުރާ ބަޔަކުވެސް މިކަން ހުއްޓާލަން.
2015 ވަނަ އަހަރުވެސް ތިޔަ ކަހަލަ ކަމެއް ހިނގި 5 އަހަރު އަންގެން ދަރިވަރަކަށް ގަލޮޅު މަދަރުސާގައި. އެފަހަރު އެމައްސަލަ އަހަރުމެން ރިޕޯޓް ނުކުރީ ދަރިފުޅު ހަދަނީ ދޮގަކަށް ބަލާފައި. ނަމަވެސް އޭގެ 6 އަހަރު ފަހުން އެކަން ސާފުވެގެން އެދަނީ. ޒެނީޝާ ވެސް ޖެންޑަރ މިނިސްޓަރުވެސް މަގާމުގައި ތިބެ ރަނގަޅު ނަތީޖާ އެއް ނެރެފައި ނެތް. ހިއުމަން ރައިޓްސް ކޮމިޝަނުން ބޮޑުވެ ފުރާ ފުރިހަމަވެފައިވާ މީހުންގެ ހައްގުގައި އުޅޭ އިރު ނިޔާވި މިޝްކާގެ މައްސަލަ ވެސް އޮއްބާލަން ވަގުތުދީގެން ތިބީ.

އަތް ނުސާފު ކޮށް ހުރި މީހަކު ކުއްޖާ ތާހިރު ކުރީމަ އެލާޖިކް ވުމަކީ ވެސް ވެދާނެ ގޮތެއް.