ކ. ކާށިދޫގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކާށިދޫގައި ކަރަންޓްގެ ހިދުމަތް ދެމުން އަންނަނީ ސްޓެލްކޯއިންނެވެ.
ކާށިދޫގެ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތާއި ބެހޭ ގޮތުން ސްޓެލްކޯއިން ބުނީ ކާށިދޫގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، މި މަސައްކަތުގެ ތެރެއިން ކާށިދޫގެ 11 ކޭވީގެ ނެޓްވޯކަށް ސަބްސްޓޭޝަނެއް އިތުރުކުރެވިގެން ދާނެކަމަށެވެ. މިއާއިއެކު ލޯކަލް ޓުއަރިޒަމް ފުޅާ ކުރުމަށް ގެސްޓްހައުސްތައް އަޅަމުންގެންދާ ސަރަހައްދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އަންނަނީ އެކުންފުނިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކަށް ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
"ދަތިވެއްޖެ" ނަމުގައި މުޒާހަރާއެއް ބާއްވަން އެމްޑީޕީން ނިންމައިފި
ޕީއެންސީގެ ލީޑަޝިޕް ހޮވުމުގައި ސިއްރު ވޯޓު ނުބާއްވަން ނިންމައިފި
ހުޅުމާލޭގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވާތީ ރައީސަށް ސިޓީއެއް