ދުބާއީގައި މިހާރު ކުރިއަށްދާ ދުބާއީ އެކްސްޕޯ 2020ގައި ތައުހީދުގެ ކަލިމަތަކަށް ދިވެހި ފަންނާނުންތަކެއް ނަށާ ވީޑިއޯއެއް އާއްމު ވެއްޖެ އެވެ.
މިވީޑިއޯއިން ފެންނަ ގޮތުގައި މިއިވެންޓް ކުރިއަށްދިޔައީ އެކްސްޕޯގައި ދިވެހިރާއްޖެއަށް ހާއްސަކުރި ދުވަހުގެ ހަރަކާތެއްގެ ގޮތުންނެވެ. އެލަވައިގައި لا إله إلا الله މިހެން ތަކުރާރުކޮށް ކިޔާ އަޑުއިވެ އެވެ. އަދި ދިވެހި ދެ ޖިންސުގެ ޒުވާނުން ލަވައަށް ނަށަމުން ދިޔަ އެވެ. އަންހެނުން ތިބީ ބަތްޕޮލި ކަހަލަ އެއްޗެއް ހިފައިގެން ސަގާފީ ކަނޑިކިއާއި ލިބާސްބުރީގައި ފައިހަމަ ކުރުމަށެވެ. ފިރިހެނުން ތިބީ ބޮޑުބެރު ހިފައިގެން ގަމީހާއި މުންޑުލާ އަރުވާ ޖަހާފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުން އެއީ އެތަނުގައި އޮތް ރަސްމިއްޔާތެކެވެ. އެރަސްމިއްޔާތު ބައްލަވަން ބޭފުުޅުން ގޮނޑި ތަކުގައި ތިއްބެވިތަން ދުރުން ފެނެ އެވެ.
ދުބާއީ އެކްސްޕޯ މިއަދު ރާއްޖެއަށް ހާއްސަކޮށްފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ސަރުކާރުގެ ބޮޑު ވަފްދެއް މިއަދު އެތަނަށް ވަޑައިގެންނެވި އެވެ.
މިގޮތަށް ތައުހީދުގެ ކަލިމަ ހިމެނޭ ލަވައެއް ޖަހައިގެން ރާއްޖޭގެ ސްޓޭންޑްގައި އިވެންޓެއް ބޭއްވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ.
خيال ތަފާތު ވެދާނެ އެނގުމާއި ނޭންގުމުގެ ތަފާތު ވަރަށްބޮޑު ތިލަވަޔަކީ ކުރީޒަމާނުގަ ވަރަށް ފޯރީގައި ނަށާފަ ބޮޑުބެރު ގުރޫޕް ތަކުން އެކިއެކި ޙަފްލާތަކުގަ ކިޔާފައޮތް ލަވައެއް ﷲބައްލަވާވޮޑިގެންވަނީ އިސާނާގެ ހިތައް އެހެނަސް މިދުނިޔެމަތީގަ ބޭރުފުށަށް ނޭންގޭބަޔަކަށް ނޭންގުނަސް الأستاذ مؤمون عبدالقيومއާއި ގުޅުންހުރި އެކިއެކި އިހުތިފާލުތަކުގައި ވަނީ ކުޅެފަ سوال އަކީ މައުމޫނު އަށް ތިކަން ގޯސްނުވީ ކީއްވެތޯ އޭ އަދި ނޭންގިތިބި ބަޔަކަށް ގޯސްކަމެއްކަން އަންގައިނޔދިނީ މައުމޫނުގެ ޖާހިލުކަމުންތޯއޭ
އެއީ ތަޢުޙީދުގެ ކަލިމަފުޅަށް ކުރެވޭ ފުރައްސާރައެއް. ބޮޑުވެގެންވީ ނުބައި ކަމެއް. މީގެ ދުވަސްކޮޅެއް ކުރިން ތުރުކީގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް ގައި ބޭއްވި ރަސްމިއްޔާތެއް ގައި ވެސް ދެޖިންސުން މަސްހުނި ކޮށްގެން ބަރަހަނާ ޙާލުގައި ނަށަމުން ދިޔުމުގެ ތެރޭގައި ކީރިތި ޤުރްއާން ކިޔަވަން ސިފައިންގެ މީހަކަށް އެންގި. އޭނާ އެކަން ނުކުރުމުން އެ އޮފިސަރު އޭނާގެ އަތުން ފޮތް އަތުލާފަ އޭގެ ގަނޑުތައް ވީދާފަ ނަށަމުންދިޔަ މީހުންގެ ފައި ބުޑަށް އުކާލި ކަމަށް ވޭ. ހަމަ އެ ހިނދު އެ މަރުކަޒަށް ވަރަށް ވަރުގަދަ ކޯފާއެއް ބާ
އެބައަކު ހިތައްއަރާނެ އެއްޗަކާމެދު ހިތައް އަރާފައިބައިގެން ދިއަ ބައިވަރު ގަޑު ދުލުންބަޔާންކޮއް ގަލަމުން ޓައިޕަކުން ކުރެވޭނެ ވަރުގެކަމެއް ނޫން . ﷲއަކްބަރު .
ލާދީނީ ވީމާ އެހެން އެހެދީ. ކީއްވެ ނޭގެއޭ ތިބުނީ. މީ ލާދީނީ ބައިގަނޑެއް ވެރިކަންކުރާ ލާދީނީ ސަރުކާރެއް. ކޮބާތަ ސޭހު އިމުރާނު، ޒައިދު އަދި އިޔާޒު. މިބޭފުޅުންގެ ރައުޔު ގެނެސްދީބަލަ މިކަމާގުޅޭގޮތުން ޕްލީޒްޒްޒްޒްޒްޒްޒްޒް.
ތިޔައީ ބޮޑުބެރު ޖަހާއިރު މާކުރިންވެސް ކިޔާ އެއްޗެއް. އެއީ މަމެންނަށް ތަނެއްދޮރެއް ކިޔޭ ނުކިޔޭ އެއް ނޭގޭ ޒަމާނުގަ . ޢެކަމަކު މިހާރު ތިޔަފަދައިން ނެށުމުގައި ތިޔަ ކަލިމަތައް ބޭނުން ކޮޮށްގެން ނުވާނެ ކަމަށް އަޅުގަނޑު ދެކެނީ . ޑުބާއީއަކީ އަރަބި ގައުމަކަށްް ވިޔަސް ޔޫރަޕް ގައުމަކާ މާބޮޑު ތަފާތެއް ނެތް ގައުމެއް. ތިޔަ ތަނަށް ދިޔައިރު ރގަޅު ދިވެހި ލަވަ ތައްޔާރު ކޮށްގެން ކީނަމަ ރަގަޅުވީސް ތޯއްޗެ.
ތިޔަ ލަވައަކަށް ރާއްޖޭގައި ނަށާތާ އެތައް އަހަރެއް. ތިޔަބުނާ އެކުސްޕޯއެއްގާ ނެށީމާތަ މައްސަލައަކަށްވީ؟
މިމީހުން އެއްޖިންސުން ގުޅިންހިންގުވެސް ދުރެއްނޫން
ދައްޖާލުންނޭ ހުސް