ކެބެޖަކީ ރާއްޖޭގައި ހައްދާ ރާއްޖެއިން ފަސޭހައިން ލިބޭނެ ބާވަތެކެވެ. ގިނަ ބަޔަކު ކެއުމުގައި ވެސް ބޭނުން ކުރާ ބާވަތެއްވެސް މެއެވެ. އެގޮތުން ކެބެޖަކީ ގިނަ ބަލިތަކެއް ވެސް ފަރުވާއެކެވެ.
ހިތުގެ ބަލިތަކުން ދުރުކޮށްދޭ
ގަވާއިދުން ކެއުމުގައި ކެބެޖް ހިމަނާނަމަ ލޭގެ ޕްރެޝަރު މަތިވެ ކުރިމަތިވާ ހިތުގެ މައްސަލަތަކުން ދުރުކޮށްދެ އެވެ. އެގޮތުން ލެޓިއުސް ފަތުގެ ބަދަލުގައި ސެލެޑްގައި ވެސް ކެބެޖު ބޭނުން ކުރާށެވެ. ނުވަތަ ކޮންމެ ދުވަހަކުގެ ކެއުމުގައި ކެބެޖްފަތް ކައްކައިގެން ބޭނުން ކުރާށެވެ.
ހަކުުރު ބައްޔަށް ފަރުވާއެއް
ހަކުރު ބަލި ތަހައްމަލު ކުރަމުން ދާ ފަރާތްތަކުން ހަފްތާއަކު މަދުވެގެން ތިން ފަހަރު ކެބެޖް ބޭނުން ކުރުމުން ހަކުުރުގެ މިންވަރު އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެ އެވެ. އީޭގެ ބަދަލުގައި ކޮންމެ ދުވަހަކު ދެ ފަހަރު ކެބެޖް ޖޫސް ވެސް ބޭނުން ކުރެވިދާނެ އެވެ.
ފާރުތައް އަވަަހަށް ރަނގަޅުކޮށް ދޭ
ހަލާކުވެފައި ނުވަތަ ތަދުވާ ތަންތަނަށް ވެސް މިއީ ރަނގަޅު ފަރުވާ އެކެވެ. އެގޮތުން ކެބެޖު ފަތް ރީތިކޮށް ދޮވެފައި ހަލާކުވެފައި ނުވަތަ ތަދުވެފައިވާ ތަނެއްގައި ފަތް ރީތިކޮށް އަޅާފައި ބެންޑޭޖު ކޮށްލާށެވެ. މިގޮތަށް ކޮންމެ ރެޔަކުވެސް ނިދުމުގެ ކުރިން ކަންތައްކުރާށެވެ. ތަދުތައް ވަރަށް އަވަހަށް ފަސޭހަ ވެދާނެ އެވެ.