މަޝްހޫރު ޑޮނާޑް ގާމެޓް ހުންނަ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ ޑޮނާޑް ގާމެންޓް ހުންނަ އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ 4:49 ގަ އެވެ.
ޑޮނާޑް އަކީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ އާއިލީ ވިޔަފާރި އެކެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުން މީހުން ވަނީ ހުސްކޮށްފަ އެވެ. އަދި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
އެމެރިކާއާއެކު މަޝްވަރާ ނުކުރާކަމަށް އީރާނުން ބުނެފި
އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ލަންކާ ކަނޑަށް ވެއްޓިއްޖެ