ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށްފަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދުވަހަކީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 6،197 ފަތުރިވެރިންނެވެ. މިއީ މިހާތަނަށް ރާއްޖެއަށް ކޮވިޑަށް ފަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ދުވަހެވެ.
މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހު އެވެ. އެ މަހު އެއް ދުވަހުގެ ތެރޭ 5،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
އިއްޔެ ޓޫރިސްޓުން އައުމުގެ ރެކޯޑެއް ހަދާފައިވާ އިރު ޓޫރިޒަމް ދާއިރާއިން މި އަހަރަށް ސަރުކާރުން ކަނޑައެޅި އަމާޒުގެ 90 ޕަސެންޓް މި މަހަށް ވަނީ ހާސިލުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން މި އަހަރުގެ މިހާތަނަށް 923،000 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވެ އެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިހާތަނަށް ރާއްޖޭގައި 890 ތަނެއް ވަނީ ހުޅުވާފަ އެވެ. މިއީ 51،182 އެނދު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ޖުވާ ކުޅުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން އިސްލާހެއް
ފްލާސްޓިކް ސާޖަރީ ހެދި ކަމަށް ފެތުރޭ އަޑުތައް ސިޑްނީ ދޮގު ކޮށްފި
ހަށިގަނޑުން ނުބައި ވަސް ދުވާނަމަ ޑޮކްޓަރަށް ދެއްކުން އަވަސްކުރޭ!
