އަހަރެމެންގެ އާއްމު ދިރިއުޅުމުގެ ބައެއް އާދަތަކަކީ އެކަމުގެ ސަބަބުން ސިއްހަތަށާއި ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއްކުރާ އާދަތަކެކެވެ. އެގޮތުން ތިމާގެ ބުރުސޫރަ މުސްކުޅި ކޮށްދޭ ގިނަ އާދަތަކެއް ގިނަ ބައެއްގެ ފަރާތުން ފެންނަ ކަމަށް ޑޮކްޓަރުންނާ ލާހިރުން ބުނެ އެވެ.
ސްކްރީން ވަގުތު ގިނަކުރުން
ލެޕްޓޮޕް، ޓީވީ ނުވަތަ އެހެންވެސް ޓެކްނޮލޮޖީގެ ވަސީލަތްތަކުން ހަށިގަނޑަށް އަމާޒުވާ ބްލޫ ލައިޓް މާ ގިނައިން ލިބުމަކީ އަވަހަށް މުސްކުޅިވުމަށް ދިމާވާ އެއް ސަބަބެވެ. ޓެކްނޮލޮޖީއަށް ބަރޯސާވެފައި އޮތް މިފަދަ ދަނޑިވަޅެއްގައި މިއީ ގިނަ މީހުންނަށް އާދަވެފައިވާ އާދަ އެކެވެ.
ގަޑިއަށް ނުނިދުން
އެ މީހެއްގެ ނިދުމުގެ ވަގުތުތަކަށް އިހުމާލުވެ ނިދި ގެއްލުވާލާނަމަ އަވަހަށް މުސްކުޅިވުމަށް މަގުފަހިވެ އެވެ. ރޭގަނޑު ލަހުން ނިދުމަށްފަހު ހަމަ ނިދި ނުލިބި ހޭލާނަމަ އަވަހަށް މުސްކުޅިވުމުގެ އިތުރުން ގިނަ ސިއްހީ މައްސަލަތަކަކަށް ވެސް ހުށައަޅަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން
އޮޅިފައި ނުވާ ފަދައިން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ސަބަބުން ނުރަނގަޅު އެތަކެއް އަސަރެއް ހަށިގަނޑަށް ކުރާ ކަމެކެވެ. އޭގެ ތެރެއިން އެއް ގެއްލުމަކީ ބުރުސޫރަ ބަދަލުވެ އަވަހަށް މުސްކުޅި ވުމެވެ. ދުންފަތުގެ ސަބަބުން ހަމުގެ އާ ސެލްތައް އުފެދުމަށް ހުރަސް އަޅައި ހަން ދުވަސް ވެފައިވާ ކަމަށް ދައްކަ އެވެ.