ބޮޑު ބަނޑެއް ލައިފިއޭ ބުނެ ކުރާ ޝަކުވާތަކަކީ މިހާރު ކަންފަތަށް އާ އަޑަކަށް ނުވާނެ އެވެ. ބަނޑު ފުއްޕައި ބޮޑުވާނަމަ ތިބާގެ ކެއުމުގެ ވައްޓަފާޅިއަށް ވިސްނާލުން ރަނގަޅުވާނެ އެވެ. ފަހަރުގައި ތިރީގައި މިވާ ބާވަތްތައް ބޭނުން ކުރުން މަދުކުރުމުން ތިބާގެ މައްސަލައަށް ހައްލެއް ލިބިދާނެ އެވެ.
ޕެކޭޖް ލުއިކާނާ
ޕެކޭޖް ކޮށްގެން ވިއްކާ ލުއިކާނާއަކީ އޭގައި ލޮނާއި ހަކުރު ގިނަ އަދަދަކަށް އެކުލެވޭ ބާވަތްތަކެކެވެ. ލޮނާއި ހަކުރަކީ ބަނޑު ފުއްޕުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.
ގޮދަނުގެ ބާވަތްތައް
ގޮދަން ބޭނުން ކޮށްގެން ހަދާފައި ހުންނަ ތަކެތި ހަޖަމުކުރަން ހަށިގަނޑަށް އުނދަގޫވެ އެވެ. ނަތީޖާއަކަށް ވަނީ ބަނޑު ފުއްޕައި، ބޮޑު ބަނޑެއް ލުމެވެ.
އެނާޖީ ޑްރިންކްސް
އެނާޖީ ޑްރިންކްސްއަކީ އޭގައި ގިނަ އަދަދަކަށް ގޭހާއި ހަކުރު ހިމެނޭ ބުއިންތަކެކެވެ. އެހެންކަމުން ކެއުމުގައި އާއްމުކޮށް އެނާޖީ ޑްރިންކްސް ބޭނުން ކުރާނަމަ ބަނޑެއްލުމުގެ ފުރުސަތު ބޮޑުވެ އެވެ.

ރަމަޟާން މަހަކީ ތަފާތު އިހުސާސެއް ކުރެވޭ މަހެއް: ސުމްބުލް
ރޯދަ 2026: މުހައްމަދުއް ރަސޫލުﷲގެ އެކްޓަރުންނަށް ނަޒަރެއް!
އީރާނުގެ ސަލާމަތާ ބެހޭ ވެރިޔާ އަވަހާރަކޮށްލައިފި