ބެއިރޫތު (15 އޮކްޓޯބަރު) - ލުބްނާންގެ ވެރިރަށް ބެއިރޫތުގައި ބޮޑު ހަމަނުޖެހުމެއް ހިނގައި ހަމީހަކު މަރުވެ ގިނަ ބަައަކަށް އަނިޔާވެއްޖެ އެވެ.
ބެއިރޫތުގައި މިދިޔަ އަހަރު ގޮވި ގޮވުމުގެ ޝަރީއަތް ކުރިއަށް ގެންދާ ގާޟީ ބަދަލު ކުރުމަށް އެދި ބެެއިރޫތުގެ މަގުތަކުގައި އެ ހަމަނުޖެހުންތައް ހިންގާފައިވަނީ ހިޒްބުﷲ އަށް ވާގިވެރިވާ ސަޕޯޓަރުން ކަމަށް އެގައުމުގެ މީީޑިއާތަކުން ބުނެފައިވެ އެވެ.
ހަމަނުޖެހުންތަކުގެ ހާލަތު ގޯސްވެ ބައިވެރިން ވަނީ އެ ސަރަހައްދުގެ އުސް އިމާރާތްތަކަށް އަރައި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އުޅުނު ސަލާމަތީ ބާރުތަކަށް ބަޑިން ހަމަލާދީފަ އެވެ. މަރުވި ހަ މީހުން މަރުވީ އެގޮތުން ދެވުނު ހަމަލާތަކުގަ އެވެ.
މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ކުރިއަށް ދިޔަ ހަމަލާ ބަދަލުކުރުންތައް އިތުރުވެ ލުބްނާންގެ އާއްމު ސަލާމަތަށް ވަނީ ނުރައްކާވެފަ އެވެ.
މުޒާހަރާގެ ބައިވެރިންގެ ޑިމާންޑަކީ ބެއިރޫތުގެ ޕޯޓުގައި ހިނގި ގޮވުުމުގެ މައްސަލަ ބަލަމުންދާ ގާޟީ ބަދަލު ކުރުމެވ.ެ ބެއިރޫތުގައި ހިނގި ހަމަނުޖެހުންތަކަކީ ސަރަހައްދީ ސަލާމަަތަށް ނުރައްކާ ކަމަށް ބުނެ ބައިނަލްއަގްވާމީ މުޖުތަމައުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. -- އަލް އަރަބިއްޔާ
މޫސުން ގޯސްވުމާއި އުދައެރުމުގެ ސަބަބުން އެކި ރަށްތަކަށް ގެއްލުން
އެމެރިކާގެ މިސައިލް ދިފާއީ ނިޒާމަށް ބުރޫ އެރުމުގެ ބިރު ބޮޑުވެއްޖެ
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟