ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތަކުން އުފެދޭ ކުނިވާ ޒާތުގެ ކުނި ނެގުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައިފި އެވެ.
އެޗްޑީސީން ބުނީ ހިޔާ 16 ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ފްލެޓްގައި ދިރި އުޅެމުންދާ ފަރާތްތަކާއި އަދި ފްލެޓްތަކުގައި މަސައްކަތް ކުރަމުންގެންދާ ފަރާތްތަކުގެ ގޭބިސީން އުފެދޭ ކުނިވާ ޒާތުގެ ކުނި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ރަސްމީކޮށް ޚިދުމަތް ފެށެންދެން ކުނި އުކާލުމަށް ހަ ސަރަހައްދެއްގައި ޑަސްޓްބިން ބެހެއްޓިފައިވާ ކަމަށެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާއި، އެތަނުގައި މަސައްކަތް ކުރަމުން ގެންދާ މީހުން އުފައްދާ ކުނިވާ ޒާތުގެ ކުނި، ވެމްކޯ އިން ރަސްމީކޮށް ހިދުމަތް ފެށެންދެން އެ ސަރަހައްދުގައި ބެހެއްޓިފައިވާ ޑަސްބިންތަކަށް ކުނި އެޅުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.
މި ޑަސްބިންތަކަށް އާޅާ ކުނި ނެގުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 8:00 އިން މެންދުރު 12:00 އަށް ކަމަށް ވާތީ އެ ކަމަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޑީސީން ވަނީ ހިޔާ ފްލެޓް އެތެރޭގެ އެއްވެސް ތަނެއްގައި އަދި ފްލެޓް ހިމެނޭ ސަރަހައްދުގައި ވެސް ގޭބިސީން އުފެދޭ ކުނި ނުބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ކުނި އަޅާނެ ތަންތަން އެޗްޑީސީން ކަނޑައެޅިއިރު، އެތަނުގައި ކުނި އުލާލެވޭނެ ގޮތެއް ނެތިގެން އެކި ތަންތަނަށް ކުނިވާ ޒާތުގެ ކުނި އަޅަމުންގެންދެ އެވެ.