އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާމެދު ކަންބޮޑުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 76ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުންނެވެ.
އެ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވާން ބޭނުންފުޅުވާ ކަމަށާ، އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާއި ސަލާމަތާ ހިމާޔަތް އެގައުމުގައި އޮތުމަށް އެދޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މިކަންކަން ކަށަވަރުކުރުމަށް ރައްޔިތުން އިންތިހާބުކުރާ ސަރުކާރެއް އެ ގައުމުގައި އޮތުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމަގުން ގޮސް އަފްޣާނިސްތާނަކީ ދުނިޔޭގެ ގައުމުތަކާ ގުޅުންބަދަހި، ހުރިހާ މާނައެއްގައި ކުރިއަރައިދާ، ސުލްހަވެރި އަމާން ގައުމަކަށް ވެވިދާނެ ކަމަށެވެ.
ދިވެހިން ބޭނުންވަނީ އދ. ންނާއި މުޅި ދުނިޔެއިން މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްރާއީލުން ފަލަސްޠީނުގެ އަންހެން، ފިރިހެން ކުދިބޮޑު އެތައް ބައެއްގެ ހައްގު ތަކުރާރުކޮށް އެބަ ނިގުޅައިގަންނަ ކަމަށެވެ. އަދި މިއަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައް ބަޔަކު، އެތައް ގައުމަކުން ފަލަސްތީނުގެ ހައްގުގައި ނިކުންނަމުންދަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުން ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކާ މިހާރު ޖައްވަށް ބޭރުކުރާ ގެނދަބުޅީގެ މިންވަރު 2030 އާ ހަމައަށް 45 ޕަސެންޓް ދަށްކުރަންޖެހޭ ކަމަށެވެ. އެކަމަކު، އެ އަމާޒަށް ވާސިލުވެވެން އޮތީ 2050 ގެ ނިޔަލަށް މުޅި ދުނިޔެ ނެޓްޒީރޯ ހާސިލު ކޮށްގެން ކަމަށާއި އެކަމަކީ އިންސާނީ ނަސްލު ނެތިދިއުން ނުވަތަ މާހައުލީ ނިޒާމަށް ބަދަލުު ގެންނަން ޖެހޭ ކަމުގެ އަޑު އަހަން ޖެހިފައިވުން ކަން ފާހަގަކުރެއްވި އެވެ.
އެ އަމާޒަށް ވާސިލު ނުވެވިއްޖެ ނަމަ، ރާއްޖެއާ ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމުތަކުގެ ފަހު މަރުހަލާ ސިފަކޮށްދެނީ، ގައުމު ގެއްލިދިއުން ނުވަތަ ރެފިއުޖީންނަށް ބަދަލުވުން ނޫނީ އަމިއްލަވަންތަކަން ނެތި ދިއުން ކަމަށް ވެސް ރައީސް ވިިދާޅުވި އެވެ.
"މޫސުމީ ބަދަލުތަކާ ގުޅޭ މި ޝަކުވާ އާއި ކުރާ ވަކާލާތުގައި އަމާން ދީ ފަހަށް ޖެހުމަކީ ދިވެހިންނަށް އޮތް އިހްތިޔާރެއް ނޫން. ތިމާވެށީގެ ގެއްލުންތަކާއި އޭގެ ގޮންޖެހުމުން ދުނިޔެ އަށް ލިބިދިން ފިލާވަޅުގެ މިސާލީ ވާހަކަ އަކީ ދިވެހިރާއްޖޭގެ ވާހަކަ ކަމުގައި ވުމަށް ރުހިގެން ތިބެވޭކަށް ނެތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު ރާއްޖެއިން އަމާޒު ހިފާފައި ވަނީ، ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީއާ އެކު 2030 އަށް ނެޓްޒީރޯ އަށް ވާސިލުވުމަށެވެ.
އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާމެދު ކަންބޮޑުވާ ކަމަށް ރައީސް ވިދާޅުވެއްޖެ ނަމަ މަމެން ވެސް ކަންބޮޑުވޭ މިރާއްޖޭގައި މިހާރު އޮތް ވެރިކަމާއި މެދުވެސް ވަރަށް ބޮޑަށް ސަބަބަކީ ރައްޔިތުންގެ ވޯޓަކާއި ނުލައި ރާއްޖޭގެ ވެރިކަމަށް އައިސް ރާއްޖޭގައި ވެރިކަން ކުރަނީ އެއީ 10 މީހުންގެ ގޭންގަކަކަށް ޓަކައޭ ދައުލަތުގެ ބަޖެޓްގައި ނެތޭ އެކައްޗެއް ވެސް ދައުލަތުގެ ބަޖެޓް ދޮވެލައިފިއޭ އަދި ވެސް ރައީސް އިބޫ ދައްކަވަނީ އަފްއާނިސްތާނު ވާހަކަތޭ ރައީސް އިބޫ އިސްތިއުފާގެ ވާހަކަ މިހާރު ދެއްކުން މާބޮޑަށް ބޭނުންތެރިއޭ
އަފްއާނިސްތާނުގައި ވަގު ވޯޓުން ވެރިކަމަށް އައި ސަރުކާރު ވަނީ އަފްއާން ރައްޔިތުން ނިކުމެ ބާލާފައި ހަމަ އެގޮތަށް ކަޅުދަބަސް ސަރުކާރު ވެސް ނިމިދާނެއޭ އެދުވަސް އެބަފެނެއޭ އުޑު ބަލާލުމުން ވެސް