ސިނަމާލެ ބްރިޖުން ހުޅުމާލެއަށް އަރާ ފަޅިން ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، އެއާޕޯޓު ފެންސް ފަޅާލައި ކާރު މޫދަށް ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 3:35 ހާއިރު ހިނގި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. ނަމަވެސް ކާރަށާއި ފެންސަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހައިވޭ މަތިން ބާރު ސްޕީޑުގައި ދުއްވަމުން އައި ކާރެއް ކޮންޓްރޯލްނުވެ ހައިވޭ އިން ހުޅުމާލެއަށް އަރަން އޮންނަ ކޮޅުގެ ބޮޑު މަގުގެ އެއް ފަޅީގައި ހުރި ފެންސެއްގައި ޖެހިގެންނެވެ.
ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް މިހާރު ބަލަމުން ގެންދާ ކަމަށެވެ.
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟
އުމްރާއިން އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ
މީ ބޭރު ގައުމު ތައް ކޮޕީ ކޮށްގެން ރާއްޖޭގައި ކަންކަން ނުުކުރަންވީ ގޮތަކީ ފާރު ރާނަން ޖެހޭ ތަންތަނުގައި ނަރުދާ ދެމީމާ ވާނީ މިހެންނޭ...