ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދަށް ޤަވާޢިދާ ޚިލާފަށް ވަދެ އުޅުނު ބޭރުގެ ދެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި މި ދެ މަސް ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ފެނިފައި ވަނީ މިމަހުގެ އެގާރަ ވަނަ ދުވަހުގެ 5:55 ހާއިރު އެވެ. އަދި ދެވަނަ ބޯޓު ފެނިފައި ވަނީ މިމަހުގެ އިއްޔެ ރޭ ފަތިހު 5:54 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
މި މަސް ބޯޓުތައް ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންގައި، އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "އަސުރުމާ 3" ދޯނީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ސަރުކާރުގެ ކަމާގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން، ކޯސްޓްގާޑު ޝިޕް ޝަހީދު އަލީ ބެލުމުގެ ދަށުން މި ދެ ބޯޓު ވަނީ މިހާރު ހުޅުމާލެ ފަޅަށް ވައްދާފަ އެވެ.
ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ފަސް ބޯޓެއް އެމްއެންޑީއެފްއިން މިއަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅުވެސް ވަނީ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
ސަނީއާއި ޝާހްރުކް ޚާންއާ ދެމެދު މައްސަލަ ޖެހުނު ސަބަބު!
ޖުވާ ކުޅުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން އިސްލާހެއް
ފްލާސްޓިކް ސާޖަރީ ހެދި ކަމަށް ފެތުރޭ އަޑުތައް ސިޑްނީ ދޮގު ކޮށްފި
ކޮން ގައުމެއްގެ ބޯޓުތަކެއް؟ ބަޅާބާއީ ދޯ؟ އެހެންވީމަ ސެންސަރު ވެފަ ތިއޮތީ. އާނ މިހާރު ބަޅާބާއީ ދޮރުމައްޗަށް ނިކުމެ ރިކުއެސްޓް ކޮށްލީމަ ހައިކޮމިޝަން ހުންނަ މަގުން ހިނގުންވެސް މަނާކުރާ ހިސާބުގަ މިތިބީ. ކިހާބޮޑު މުސީބާތެއްމީ
ތީކޮން ޤައުމެއްގެ ބޯޓެއްކަމެއް ނުޖެހީ އެކަން މަނާކޮށްފަ އޮތީތަ... ދަށުވިޔަސް ބޮޑުވަރު...