ބަރުދަން ލުއި ކުރަން މަސައްކަތް ކުރުމަކީ އަހަރުމެންގެ ކެއިން ބުއިމަށް ގިނަ ބަދަލުތަކެއް އަންނަ ކަމެކެވެ. އެހެން ނަމަވެސް މިކަމުގައި ކޮންމެހެން ކާންޖެހޭ ބައެއް ކެއުންތައް ނުކައި ދޫކޮށްލެވޭ ފަހަރު އާދެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބައެއް ކެއުން ތަކަށެވެ.
އަލްމަންޑްސް
އަލްމަންޑްސްއާއި އެހެނިހެން ބާވަތްތަކަކީ ބަރުދަން ލުއިކުރަން މަސައްކަތް ކުރާނަމަ ވަރަށް މުހިއްމު ބާވަތެކެވެ. އޭގައި ހިމެނޭ ޕްރޮޓީންސްގެ ސަބަބުން މެޓަބޮލިޒަމް އަވަސްކޮށްދޭއިރު ފައިބާގެ ސަބަބުން ގިނައިރު ބަނޑުހައިނުވެ ހުރެ އެވެ.
ކައްޓަލަ
ކައްޓަލައަކީ ފައިބާ ގިނަ އަދަދަކަށް އެކުލެވޭ އަދި ކެލޮރީސް މަދު އެއްޗެކެވެ. މިއީ ބަރުދަން ލުއިކުރުމަށް ކާންޖެހޭ ކެއުންތަކުގައި ކޮންމެހެން ވެސް ހިމެނެން ޖެހޭ ސިފަ ތަކެކެވެ.
މަޝްރޫމް
މަޝްރޫމްއަކީ މަހުގެ ބާވަތްތަކުގެ ބަދަލުގައި ބޭނުން ކުރެވޭނެ ރަނގަޅު ބަދަލެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މަޝްރޫމް ކެއުމަކީ ލުއިކާނާ ނުވަތަ ޖަންކް ފުޑް ފަދަ ކެއުންތައް ކާ ހިތް ކަނޑުވައި އެފަދަ ކެއުންތަކާ ދުރުކޮށްދޭ އެއްޗެކެވެ.