ދިލް ބެޗާރާއިން ބޮޑު މަގުބޫލް ކަމެއް ހޯދި ސަންޖަނާ ސާންގީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.
ސަންޖަނާ ކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ޕޯސްޓެއްގަ އެވެ.
ދިލް ބޭޗާރާއިން މަގުބޫލް ކަމެއް ހޯދި ސަންޖަނާ ރާއްޖެ އައިސްފައި ވަނީ ޗުއްޓީ ހޭދަކުރުމަށާއި އޭނާގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. އެގޮތުން އިއްޔެ ވަނީ ސަންޖަނާގެ އުފަން ދުވަސް ފާހަގަކޮށްފަ އެވެ.
ސުޝާންތު ސިންގް ރާޖުޕުތު އެންމެން ފަހުން ކުޅުނު ފިލްމުގެ ބަތަލާގެ ގޮތުގައި ފެނިގެން ދިޔަ ސަންޖަނާ އަންނަނީ ރާއްޖޭގެ ހިތްގައިމު މާހައުލުގައި އުފާވެރި މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
ސަންޖަނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަދިތިޔާ ރޯއި ކަޕޫރް އާ އެކީ އޯއެމް ދަ ބެޓަލް އިންނެވެ. ދާދި ފަހުން އެ ފިލްމުގެ އެކްޝަން މަންޒަރުތައް ރަޝިޔާގައި ނެގާފައިވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ކޮންމެ މާހައުލަކުން މީހުންގެ ހިތްތައް އަތުލާނީ ކިހިނެއް؟
އެލާމް ގަޑީގެ ކުރިން ހޭލެވުން: ހަށިގަނޑުގެ ގުދުރަތީ ނިޒާމެއް!