އިންޑިއާގެ ގުޖުރާތުގެ ރާޖްކޯޓަށް ނިސްބަތްވާ ފިރިހެނަކު އަމިއްލައަށް ޖަލަން ދާން ބޭނުންވާ ކަމަށް ބުނެ ޕޮލިސް ސްޓޭޝަނެއްގައި އަލިފާން ރޯކޮށްލައިފި އެވެ.
ދޭވޯ ޗާވްދާ ނަމަކަށް ކިޔާ މި މީހާ ޕޮލިސް ސްޓޭޝަންގައި ރޯކޮށްލީ އޭނާގެ އަނބިމީހާގެ ފަރާތުން ލިބެމުން އަންނަ ގެވެށި އަނިޔާއިން ސަލާމަތްވުމަށް ޖަލަށް ދިއުމުގެ ބޭނުގަ އެވެ.
އެގޮތުން ރާޖްކޯޓްގެ ޖަމްނާގަރު ރޯޑްގައި ހުންނަ ބަޖްރަންގް ވަޑި ޕޮލިސް އައުޓްޕޯސްޓްގައި އަލިފާން ޖެހުމަށްފަހު ފުލުހުން އޭނާ ހައްޔަރު ކުރަންދެން އެތަނުގައި ދޭވޯ މަޑުކުރި އެވެ.
އެ ޕޮލިސް ސްޓޭޝަންގެ ފުލުސް އޮފިސަރަކު ބުނީ ދޭވޯ އާއި އޭނާގެ އަނބިމީހާއާ ދެމެދު ގެވެށި މައްސަލަތަކެއް ޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ގެވެށި އަނިޔާއާއި ފައިސާގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
ދޭވޯ އޭނާގެ ކުށް ގަބޫލު ކޮށްފައިވާއިރު ފުލުހުން ވަނީ ސަރުކާރު އިމާރާތަކަށް ގެއްލުން ދިނުމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކޮށްފަ އެވެ. އެކުށް ކޯޓުގައި ސާބިތުވުމުން ދޭވޯއަށް ދިހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކޮންގޯ އިން ޕޯޗުގަލް ހިފަހައްޓައިފި
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!