"ބިގް ބޮސް 14" ކާމިޔާބުކުރި ޓީވީ ބަތަލާ ރުބީނާ ޑިލައިކް ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ މަސައްކަތް ފަށައިފި އެވެ.
ރޫބީނާ ވަނީ އޭނާ ބޮލީވުޑަށް ނިކުންނަ ފިލްމުގެ ޕޯސްޓަރެއް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާ ކޮށްފަ އެވެ. އަދި އެ ފިލްމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރުބީނާ ބޮލީވުޑަށް ނުކުންނަނީ "އަރްދް" ކިޔާ ފިލްމަކުންނެވެ.
މި ފިލްމުގައި ރޫބީނާއާއެކު ހިތެން ތޭޖްވާނީ އާއި ރާޖްޕާލް ޔާދަވް އަދި ކުލްބޫޝަން ކަރްބަންޑާ ބައިވެރިވެ އެވެ.
މި ފިލްމަކީ މިއުޒިކް ކޮމްޕޯޒާ ޕަލާޝް މުއްޗަލް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.
މުމްބައި ކަހަލަ ސިޓީއެއްގައި އެކްޓަރަކަށް ވާން މީހަކު ކުރާ ބުރަ މަސައްކަތާއި އޭނާއަށް ކުރިމަތިވާ މައްސަލަތައް "އަރްދް"ގައި ދައްކާނެ އެވެ.
ދޮށިމޭނާ ބިލްޑިން ކައިރި އެއްގަމު ތޮށި ސިފައިންނަށް
އެރިއާނާގެ އެންމެ ފަހުގެ ފެނިލުމާއެކު ކަންބޮޑުވުންތަކެއް!
ބިސް ރައްކާ ކުރުމުގައި ހެދޭ ގޯސްތަކާއި އޭގެ ރަނގަޅު ގޮތް!