މަޝްހޫރު ތަރިން ގެންގުޅެނީ އަގުބޮޑެތި އެއްޗެއްސެވެ. ލަނީ ވެސް އަގުބޮޑު ހެދުމެވެ. އަޅަނީ އަގުބޮޑު ގަހަނާ އެވެ. ކެވެނީ ވެސް މޮޅެތި ތަކެއްޗެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކުޅެލާ އެންމެ ފިލްމަކުން ވެސް އެތައް ލައްކަ ރުފިޔާއެއް އާމްދަނީގެ ގޮތުގައި ލިބެ އެވެ.
ހޮލީވުޑްގެ ތަރިންގެ އިތުރުން ބޮލީވުޑްގެ ތަރިންނަކީ ވެސް އަގުބޮޑު އެއްޗިއްސައް ލޯބިކުރާ ބައެކެވެ. އަގުބޮޑު ތަރިންނާއި ފިލްމުތަކުގައި ލީޑުރޯލުން މަގުބޫލްކަން ހޯދާފައިވާ ގިނަ ތަރިންގެ ތެރޭގައި މި ބައި ވަރަށް ވެސް ބޮޑެވެ. މީގެ ތެރެއިން ދީޕިކާ ޕަދުކޯންއަކީ ފާހަގަ ކޮއްލެވޭ ތަރިއެކެވެ. އޭނާގެ އަތުގައި އަގުބޮޑު އެތައް ދަބަހެއް އެބަހުއްޓެވެ.
މިގޮތުން ފާހަގަކޮށްލެވޭ ބައެއް ދަބަސްތަކަށް ބަލާލަމާ ހިނގާށެވެ.
ސެލީން ޓޮޓެ ބޭގް
މިއީ ދިޕިކާއަށް މާކަމުދާ ދަބަހެއް ކަމަށް ލަފާކުރެވެ އެވެ.ދީޕިކާ ވަނީ އެކި ފަހަރުމަތިން އެކި ދުވަސްދުވަހު މި ދަބަހާ އެކީ ފެނިގެންގޮސްފަ އެވެ. އެ ދަބަހަކީ އެތައް ހެދުމަކާއި ގުޅޭ ދަބަހަކަށްވުމުން ކަމުގައި ވެދާނެއެވެ. މި ދަބަހުގެ އަގަކީ 2.8 ލައްކަ ރުޕީސް (3,809ޑޮލަރު) އެވެ.
ލުއި ވުޓޯން
އެލް ވީ ޕޮންޓް 9 ލުއި ވޫޓާން މިއީ ދިޕިކާ ގެންގުޅޭ ދަބަސްތަކުގެ ތެރެއިން ބޮޑު އެއް ދަބަހެވެ. މި ދަބަހުގެ އަގަކީ 257،000 ދެ ރުޕީސް (349,675) އެވެ.
އާމޭސް ކެލީ ބޭގް
މިއީ ދިޕިކާ ގެންގުޅޭ އެންމެ އަގުބޮޑު އެއް ލަގްޒަރީ ދަބަހެވެ. ބްރައުން ކުލައިގެ ލެދާ ކެލީ އެ ދަބަހުގެ އަގު އުޅެނީ 800،000 ރުޕީސް (1,088,484) ގަ އެވެ. ދިޕިކާ އަޅާ ބައެއް ހެދުމާއެކު، އެ ދަބަސް ބޭނުން ކުރެ އެވެ.