ކ. ރަސްފަރި ފަރަށް އެރި އާގު ބޯޓު ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން އެ ބޯޓު ފުންކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަނީ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނީ މި އުޅަނދު ފަރަށް އެރުމާއި ގުޅިގެން ކޯސްޓްގާޑާއި، އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި، ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާއި، މޯލްޑިވްސް އިމިގްރޭޝަންއާއި ޕޯޓް ހެލްތާއި އަދި މި އުޅަނދުގެ ލޯކަލް އެޖެންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތުން ދަނީ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އަދި މިހާތަނަށް ބެލިބެލުމުން މި އުޅަނދުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
ތާށިވެފައިހުރި 2،500 ކޮންޓެއިނަރު މި ހަފްތާގައި ގެނެވޭނެ: ސައީދު
ގޮނޑި ގެއްލުނު ސިނާނު ވެސް ޕްރައިމަރީގައި ވާދަކުރަނީ
ޓްރީޓޮޕުން ށ. އަތޮޅުގައި ބޭއްވި ހެލްތު ކޭމްޕް ނިންމާލައިފި
