އެހެން ގައުމުތަކުން ބަލައިގަންނަ ވެކްސިން ޕާސްޕޯޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމުން ދޫކުރާ ކާޑް ރާއްޖެއިން ބޭރުން ބައެއް ގައުމުތަކުން ބަލައި ނުގަންނަ ކަމުގެ ޝަކުވާތަކެއް ސޯޝަލް މީޑިއާގައި ކޮށްފައިވާ ދަނޑިވަޅެއްގައި އެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ އެކި ކަންކަމުގައި ދިވެހި ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު، ވެކްސިން ޕާސްޕޯޓެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. ކޮވިޑާއި ގުޅިގެން އެކި ޤައުމުތަކުގައި ފިޔަވަޅުތައް އަޅަމުންދަނީ އެކި އުސޫލުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ބޭނުންކުރާ ވެކްސިނޭޝަން ކާޑާއި، ޑިޖިޓަލް ޕާސްޕޯޓު ބައެއް ގައުމުތަކުން ބަލައިގަތުމުގައި މައްސަލަތަކެއް ދިމާވަނީ އެއީ އެކި ގައުމުތަކައި އެކިގޮތަށް އަމަލުކުރާތީ ކަމަށެވެ.
"އަޅުގަނޑުމެން މަޝްވަރާކުރަމުން މިދަނީ އެކި މުއައްސަސާތަކުގެ މެދުގައި ދުނިޔޭގައި އެކްސެޕްޓަބަލް އެއްޗެއް ހެދުމާބެހޭ ގޮތުން. ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް އަޅުގަނޑުމެންނަށް ވެސް އެބަ ބޭނުންވޭ. އެހެންނޫނަމަ ދަތުރުކުރަން އުނދަގޫވާނެ،" ނަސީމް ވިދާޅުވި އެވެ.
ރާއްޖޭގައި ވެކްސިން ޖަހައިދޭ ސެންޓަރުތަކުން ދޫކުރާ ވެކްސިނޭޝަން ކާޑުގެ އިތުރުން "ކޮވިޑް ސޭފް"ގެ ނަމުގައި ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ދާދިފަހުން ރާއްޖޭގައި ވެސް ވަނީ ތައާރަފުކޮށްފަ އެވެ. ނަމަވެސް ރާއްޖޭގައި ދޫކުރާ ވެކްސިނޭޝަން ކާޑު ބައެއް ގައުމުތަކުގައި ބަލައިނުގަންނާތީ، އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.
ރާއްޖޭގައި ދޫކުރާ ވެކްސިނޭޝަން ކާޑު ބައެއް ގައުމުތަކުގައި ބަލައި ނުގަންނަނީ އޭގައި ދިވެހި ސަރުކާރު ނުވަތަ ދައުލަތް ރަމްޒުކޮށްދޭ ފަދަ އެއްވެސް ނިޝާނެއް ނުވަތަ ނަމެއް ނެތުމުން ކަމަށް ބައެއް އާއްމުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
ހުސް ފުލޯކު ވާހަކަ. ކަމެއް ނުހިގާ. ކޮބާ ވެންޓިލޭޓަރު ވައްކަން، ކޮބާ ގޭސް ވައްކަން. ކޮބާ ކ. އަތޮޅު ވިލިވަރުގައި ރައްޔިތުންގެ ފައިސާ އިން އެތައް މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި އައިސޮލޭޝަން ސެންޓަރު. މިކަންތައްތައް އޭސީސީ، ޕީޖީ. އޮޑިޓަރ ޖެނެރަލް، ރައްޔިތުންގެ މަޖިލިސް، އޭޖީ އިން ނުބަލާ އަގަ މަޑުން ލައިގެން ތި ތިބެނީ ކީއްވެތޯ؟ ކޮބައިތޯ ވެންޓިލޭޓަރަށް ދެއްކި 30 މިލިއަން ރުފިޔާ. ކޮބައިތޯ އެސެޓް ރިކަވަރީ ކޮމިޝަން. އެސެޓް ރިކަވަރ ކުރާކަށެއްނުވޭތޯ. ބޮޑެތި ޖޯކަރުންތައް ލައިގެން ހަރާމްވާނެ ކަމެއް.
ކޮބާހޭ އެމްބިއުލާސްތައް. ހުސް ވާހަކަ އޮނަނީ އަދި ކަމެއް ނުވޭ
މީގެކުރިންވެސް ނަސީމު ތިވާހަކަ ވިދާޅުވި ހަނދާން އެބަހުރި.