މަދިރި ހަފާ ތަންތަން ކަހައިގަނެގެން ފާރުވުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. މިފަދަ ތަންތަން ގައިގެ އެތަން މިތަނުގައި ގިނަވެ، އުނދަގުލަކަށްވާ ފަހަރު ވެސް އާދެ އެވެ. މި ލިޔުމުގައި މި ބަލާލަނީ މަދިރި އާއި އެނޫން ވެސް ސޫފާސޫފި ހަފާ ތަންތަން ކެހުން ހުއްޓުވާނެ ބައެއް ގޮތްގޮތަށެވެ.
އައިސް އެޅުން
މަދިރި ހަފައިގެން ރަތްވާ ތަންތަނުގައި ދުވާލަކު ދެތިން ފަހަރެއްގެ މަތިން އައިސް އަޅައި ފިނި ފެނުން ބޮނޑިތާން ކުރާށެވެ. އެގޮތުގެ މަތިން އެތަނެއް ދުޅަވެ، ރަތްވުން ކުޑަވާނެ އެވެ. އަދި ކެހުން ވެސް މަދުވާނެ އެވެ.
ބޭކިންގް ސޯޑާ އުނގުޅުން
ބޭކިން ސޯޑާ އާއި ފެން އެއްކޮށް ޕޭސްޓެއް ހަދައި މަދިރި ހެފި ތަނުގައި އުނގުޅާލާށެވެ. ޕޭސްޓް ހަންގަނޑުގައި ހުރެ ހިކުމުން ރީތި ފެނުން ދޮވެލާށެވެ. މަދިރި ހެފި ތަންތަން ކެހުން ކުޑަވާނެ އެވެ.
ކެލަމިން ލޯޝަން ބޭނުންކުރުން
ކެލަމިން ލޯޝަންއަކީ ހަމައެކަނި ހަމުގެ އެލާޖިކްތަކަށް ފަރުވާދޭ އެއްޗެއް ކަމަށް ހީވެފައި އޮތަސް އެއީ ކުދި ސޫފާސޫފި ދަތްއެޅުމުގެ ސަބަބުން ތަންތަން ރަތްވުމާއި ކެހުމަށް ވެސް އޮތް ފަރުވާ އެކެވެ. މި ގޮތަށް ކަހާ ތަންތަނުގައި ދެއިރަށް ކެލަމިން ލޯޝަން އުނގުޅައި އަންނަ ތަފާތު ބަލާލާށެވެ.