އިސްތަށިގަނޑުގައި ހަންފޮޅުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. އެކަން ހައްލު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ބޮލުން ހަންފޮޅުން ހުއްޓުވުމަށްޓަކައި ވަރަށް ފަސޭހައިން ގޭގައި ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ކާށިތެޔޮ ބޭނުންކުރުން
ކާށިތެލަކީ ހަންގަނޑުގެ ތާޒާކަން އިތުރުކޮށްދީ ހަންގަނޑު ހިކުމުން ސަލާމަތް ކޮށްދޭ އެއްޗެކެވެ. ހަންގަނޑު ހިކުމަކީ ހަންފޮޅުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. އެހެންކަމުން އިސްތަށިގަނޑު ދޮވުމުގެ އެއްރޭކުރިން ބޮލުގައި ކާށިތެޔޮ އުނގުޅުމަކީ ހަންފޮޅުން ހުއްޓުވުމަށް ކުރެވިދާނެ ކަމެކެވެ.
އެލޯވެރާ ޖެލް ބޭނުންކުރުން
އެލޯވެރާގައި ހިމެނޭ އެންޓި ބެކްޓީރިއަލް މައްދާތަކުގެ ސަބަބުން ހަންފޮޅުން ހުންޓުވުމަށް އެހީވެދެ އެވެ. އެލޯވެރާ ފަތުން ނެގޭ ޖެލް ބޮލުގައި 30 މިނިޓް ވަންދެން މަސާޖުކޮށް ޝޭންޕޫއަކުން ދޮވެލާށެވެ. އަދި ހަފުތާއަކު ދެފަހަރު މިކަން ތަކުރާރު ކުރާށެވެ.
ލުނބޯ ޖޫސް ބޭނުންކުރުން
ލުނބޯ ޖޫހުގައި އެކުލެވޭ ނިޓްރިކް އެސިޑަކީ ހަންފޮޅުމަށް މެދުވެރިވާ ފަންގަލްތައް މަރާލާ އިސްތަށުގަނޑުގެ ބުޑުތައް ސާފުކޮށްދޭ އެއްޗެކެވެ. ދެ ސަމުސާ ލުނބޯ ހުތުން އިސްތަށިގަނޑުގެ ބުޑުތައް މަސާޖު ކުރުމަށްފަހު ފަސްމިނިޓު މަޑުކޮށްލާށެވެ. އެއަށްފަހު ލުނބޯ ފެންފޮދެއް އިސްތަށިގަނޑުގައި ހާކާލުމަށްފަހު ދޮވެލާށެވެ.