ބާކީވެފައި ހުންނަ ކާނާ ހޫނު ކޮށްގެން ކެއުމަކީ އަހަރެމެންގެ ތެރޭގައި އާއްމު އާދައެކެވެ. އިސްރާފުކުރުން މަދުކުރަން ކުރެވޭ މިކަމަކީ ސިއްހަތު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅޭނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ފެހި ތަރުކާރީ

ފެހި ތަރުކާރީގައި އެކުލެވޭ ދަގަނޑުގެ ބަޔަކީ މާގިނައިން ހޫނު ކޮށްފިނަމަ ނުރައްކާތެރި ވިހަ މާއްދާއަކަށް ބަދަލުވާ މާއްދާ އެކެވެ. އެހެންކެމުން ފެހި ތަރުކާރީ އަޅައިގެން ތައްޔާރުކުރާ ކާނާއަކީ ހޫނުކޮށްގެން ކެއުން ރަނގަޅު އެއްޗެއް ނޫނެވެ.

ބަތް

ރޯ ހަނޑުލުގައި ހިމެނޭ ބައެއް ސެލްތަކަކީ މާގިނައިރު ވަންދެން ހޫނުކޮށް ބަހައްޓާނަމަ ބެކްޓީރިއާއަށް ބަދަލުވުން ގާތް ސެލްތަކެކެވެ. މިގޮތަށް ބެކްޓީރިއާ އުފެދިފައިވާ ބަތް ކެވިއްޖެ ނަމަ ކާނާ ވިހަވުން އެކަށީގެންވެ އެވެ.

ބިސް

ބިހަކީ ޕްރޮޓީންސް މުއްސަނދި ބާވަތެކެވެ. މާގިނައިން ބިސް ހޫނު ކުރެވޭނަމަ ޕްރޮޓީންއާއެކު އެކުލެވޭ އެހެން މާއްދާއެއް ކަމަށްވާ ނައިޓްރޮޖެންގެ ބާރު ގަދަވެ ކެންސަރު ޖެހުމަށް މަގުފަހިވެ އެވެ.

ކުކުޅު

ކުކުޅު އަޅައިގެން ތައްޔާރު ކޮށްފައިވާ ކާނާ ވެސް ހޫނު ކުރުމަކީ އޭގައި އެކުލެވޭ ޕްރޮޓީންގެ އަސްލު ބަދަލުކޮށްދޭ ކަމެކެވެ. މީގެ އިތުރުން އެއީ ހަޖަމުކުރުމުގެ ނިޒާމުގެ ބަލިތަކަށް މަގުފަހި ކުރުވާ ކަމެކެވެ.

މިހުރިހާ ކަމަކަށް ބަލާއިރު އެންމެ މޮޅު ގޮތަކީ އެ އިރަކަށް ވާވަރަށް ކާނާ ތައްޔާރު ކުރުމެވެ. އެގޮތުގެ މަތިން އިސްރާފުކުރުން ކުޑަވެ، ބާކީވާ ކާނާ ހޫނުކޮށްގެން ކެއުން ވެސް މަދުވާނެ އެވެ.