އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުކަމުން މޭޖާ އިބްރާހިމް އާޒިމް ވަކިކޮށް، އެ މަގާމަށް ކެޕްޓަން ހަނާ މުހައްމަދު ހަމަޖައްސަވައިފި އެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ އެއިދާރާގެ އިންފޮމޭޝަން އޮފިސާގެ މަގާމުގައި ހުންނެވި މޭޖާ އިބްރާހިމް އާޒިމްގެ ބަދަލުގައި މިއަދުން ފެށިގެން އެމަގާމަށް ކެޕްޓަން ހަނާ މުހައްމަދު ހަމަޖައްސާފައިވާކަމަށެވެ.
ނަމަވެސް އާޒިމް އެމަގާމުން ބަދަލުކުރި ސަބަބެއް އަންގާފައި ނުވެ އެވެ. އާޒިމަކީ މިޑިއާގެ އެކި ފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ، މިޑިއާއާއި ރައްޓިހި އިންފޮމޭޝަން އޮފިސަރެއްގެ ގޮތުގައި ގިނަ މީޑިއާތަކުން ފާހަގަކުރެ އެވެ.
އަދި މިއީ ސިފައިންގެ ތާރީހުގައިވެސް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަކަށް ސިފައިންގެ ކަނބަލަކު ހަމަޖެއްސެވި ފުރަތަމަ ފަހަރު އެވެ.
"ދަ ސިމްޕްސަންސް"އިން ފައިނަލްގެ ދެ ޓީމު ދިމާ ކުރީތަ؟
މެކްސިކޯގެ ޖާޒީގައި މިފަހަރު ފެނުނީ އަސްދޫންޏެއް!
ބޯހިޔާވަހިކަމަށް އެދި 58،505 އެޕްލިކޭޝަން ހުށަހެޅި

ޤައުމުގެ ތަރައްޤީގައި ފިރިހެނުން ނާއި އަންހެނުންވެސް އެމީހުންގެ ރޯލް ދަނެގެން ތިބެ ހުރިހާ ކަމެއްގައި ބައިވެރި ވުމަކީ ޤައުމަށްފައިދާ ކުރާނެ ކަމެއް !