ފޭސް މާސްކްތަކަކީ މޫނުގެ ހަން ރީތިކުރުމަށް ގިނަ ބަޔަކު ބޭނުންކުރާ އެއްޗެކެވެ. އެކި ބާވަތްތައް ބޭނުންކޮށްގެން ހަދާ މާސްކުތައް ހުންނައިރު، މިފަދަ މާސްކްތައް ބޭނުން ކުރުމުގައި ބައެއް ފަހަރު ހެދޭ ގޯސްތަކެއް ހުރެ އެވެ.
ހަމާ ނުގުޅޭ މާސްކް ހެދުން
ކޮންމެ މީހެއްގެ ހަމަކީ ވެސް ތަފާތު ހަމެކެވެ. އެކި މީހުންގެ ހަމާ ގުޅޭނީ އެކި މާސްކްތަކެވެ. ހަމާ ނުގުޅޭ ފޭސް މާސްކްއެއް ބޭނުންކުރެވިއްޖެ ނަމަ އެލާޖިކް ރިއެކްޝަންއެއްވެ، ހަމަށް ގެއްލުން ވެދާނެ އެވެ.
ފޭސް މާސްކް ބޭނުންކުރުމުގެ ކުރިން މޫނު ނުދޮވުން
ފޭސް މާސްކްއެއް ބޭނުންކުރުމުގެ ކުރިން މޫނު ރަނގަޅަށް ދޮވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ފޭސް މާސްކް އެޅުމުގެ ކުރިން ރަނގަޅު ޕްރޮޑަކްޓެއް ބޭނުންކޮށްގެން މޫނު ދޮވެލަން ޖެހޭނެ އެވެ. ހަމަ އެގޮތަށް އަތް ވެސް ދޮވެލުން މުހިއްމެވެ.
މާ ގިނައިން ބޭނުން ކުރުން
ބޯކޮށް ފޭސް މާސްކް އެޅުމަކީ އޭގެ ނަތީޖާ ވަކި އަަވަހަށް ފެންނާނެ ކަމެއް ނޫނެވެ. މޫނުގެ ހުރިހާ ހިސާބެއްގައި ވަރަށް ތުނިކޮށް ފޭސް މާސްކް އެޅުމުން ރަނގަޅު ވާނެ އެވެ.