މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަހުމަދު ވަގަށް ނެގި މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ކޮމިޝަނަރު ހުސައިން ވަހީދު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހާޒިރުކޮށްފި އެވެ.
ކުރީގެ ސީޕީ މަރުގެ ކޮމިޝަނަށް ހާޒިރުކުރީ ރިޟްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިކަމުގެ ތުހުމަތުގަ އެވެ.
މިދިޔަ މަހުގެ އެކި ދުވަސް މަތިން ހުސައިން ވަހީދު މަރުގެ ކޮމިޝަނަށް ހާޒިރުކޮށްފައިވާއިރު ރިލްވާން ގެއްލުވާލުމުން އެކަށީގެންވާ ތަހުގީގެއް ފުލުހުން ނުހިންގި މައްސަލާގައި ގިނަ ސުވާލުތަކެއް އޭނާއަށް އަމާޒު ކުރި ކަމަށް މައުލޫމާތު ލިބެ އެވެ.
އެހެން ނަމަވެސް ހުސައިން ވަހީދު ކޮމިޝަނަރު ހާޒިރުކުރި ކަމެއް މަރުގެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
ރިޔާސީ ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ އެ ކޮމިޝަނަށް ހާޒިރުކުރާ މީހުންގެ މައުލޫމާތު ހާމަނުކުރާ ކަމަށެވެ.
ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މިދިޔަ ހަފުތާގެ ތެރޭގައި މަރު ކޮމިޝަނަށް ވަނީ ހާޒިރުކޮށްފަ އެވެ.
ފާހަގަކުރެވޭ ގޮތުގައި އެ މައްސަލާގައި ކޮމިޝަނުން ރައީސް ޔާމީނާ ސުވާލުކުރުމުން އެމަނިކުފާނު ވަނީ އެމަނިކުފާނަށް ކޮމިޝަނުން ކުރާ ހުރިހާ ތުހުމަތަކަށް އިންކާރުކުރައްވާފަ އެވެ.
ޓޮމާޓޯ ރަނގަޅަށް ކެވޭނަމަ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ
ލަވަކިޔުންތެރިޔާ ޑޭވިޑް އަންހެން ކުއްޖަކު މަރާލި މައްސަލައެއް
ސާދިމް "ދަބޭކާ ބޯއީ"ގެ ކޭކުތައް މާމީރު!
