ބަރުދަން ލުއިކުރުމަށް ކުރާ މަސައްކަތުގައި އަހަރެމެން ގެންގުޅޭ ބައެއް އާދަތައް ހުރެ އެވެ. މީގެ ތެރެއިން ބައެއް އާދަތަކަކީ ސިއްހީ ގޮތުން ސާބިތުކުރެވިފައި ނުވާ ކުށްހީއެއްގެ މައްޗަށް ބިނާކޮށް ގެންގުޅެވޭ އާދަތަކެކެވެ. މި ލިޔުމުގައި އެފަދަ ބައެއް އާދަތަކަށް ބަލާލާނަމެވެ.
ގަޑިން ގަޑިއަށް ނާސްތާނުކޮށް ދޫކޮށްލުމުން އަވަހަށް ހިކޭނެ
ދުވާލަކު ތިންއިރު ނާސްތާކުރަން އޮންނައިރު އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ކޮންމެެވެސް އެއް ނާސްތާއެއް ނުކޮށް ދޫކޮށްލުމަކީ އާއްމު ކަމެކެވެ. ނަމަވެސް މިއީ ބަރުދަން ލުއިކޮށްދިނުމުގެ ބަދަލުގައި އިތުރު ކޮށްދޭ ކަމެކެވެ.
ހަށިގަނޑުގެ ވަކި ހިސާބުތަކުން ސަރުބީ ވިރުވޭނެ
ބަރުދަން ލުއިކުރާއިރު، ހާއްސަކޮށް ބަނޑު ހިންދަން މަސައްކަތްކުރުމަކީ އާއްމު ކަމެކެވެ. ބަނޑުގެ ކަސްރަތު ކޮށްގެން ބަނޑު ހިންދުމުގައި ކޮންމެވެސް ވަރެއްގެ ކާމިޔާބެއް ލިބުނު ނަމަވެސް ވަކި ވަކި ގުނަވަންތަކުން ކެއުމަށް ބަލައިގެން ހަށިގަނޑުގެ ވަކި ހިސާބުތައް އެންމެ ފުރަތަމަ ހިއްކާލުމަކީ އުނދަގޫ ކަމެކެވެ.
ހަކުރު ބޭނުންކުރުން އެއްކޮށް ހުއްޓާލަން ޖެހޭނެ
ބަރުދަން ލުއިކުރަން މަސައްކަތްކުރާ ފަރާތްތަކުން ހަކުރުގެ ހުރިހާ ބާވަތެއް އެއްކޮށް ބޭނުންކުރުން ގިނަ ފަހަރަށް ހުއްޓާލަ އެވެ. ނަމަވެސް ހަކުރުގެ ތެރެއިން ވެސް މޭވާ ފަދަ ބާވަތްތަކުން ލިބޭ ގުދުރަތީ ހަކުރަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ.