ބެލުންތެރިންގެ ތެރޭގައި މަގުބޫލުކަން ހޯދި ގިނަ ފިލްމު ތަކަކީ ބޮޑު ބަޖެޓުގެ ފިލްމުތަކެކެވެ. ނަމަވެސް ގިނަ އަދަދެއްގެ ހަރަދު ވަނީ ތަރިންގެ ކޮސްޓިއުމަށޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.
ޝްރިދޭވީ
މީގެ ބައެއް ފިލްމު ތަކަށްބަލާއިރު ލިސްޓުގެ އެއްމެ ކުރީގައި ޝްރިދޭވީ ކޮސްޓިއުމް ހިމެނެ އެވެ. ޝްރިދޭވީގެ ފިލްމު "ރޫޕް ކިރާނީ ޗޯރޯ ކަ ރާޖާ" ފިލްމުގެ "ދުޝްމަން ދިލް ކަ ވޯ ހޭ" ލަވާގައި ޝްރިދޭވީ ލައިގެންހުރި ހެދުމުން ގިނަ ބަޔަކު ވަނީ ހައިރާންވެ އަންތަރީސްވެފަ އެވެ.
25 ކިލޯގެ މި ކޮސްޓިއުމު ޝްރީދޭވީ ވަނީ 15 ދުވަސް ވަންދެން ޝޫޓިންގައި ލާފަ އެވެ.
މާދުރީ ޑިކްސިޓް
ފިލްމު ދޭވްދާސްގައި ބޮލީވުޑްގައި މަޝްހޫރު ތަރި މަދޫރީ ޑިކްސިޓްގެ "ކާހެ ޗޭޑް މޯހެ" ގެ ޕާފޮމެންސްއަކީ ބޮލީވުޑްގެ އައިކޮނިކް ލަވައެއް ގޮތުގައި އަބަދުމެ ހަދާން ކުރާނެ ފަދަ ލަވަ އެކެވެ. މި ލަވައިގައި މާދުރީ ފެނިގެން ދިޔަ ހެދުމާ ގަހަނާއަށްގެ ވަޒަނަކީ 30 ކިލޯ ނޫނީ އެއަށްވުރެ ބަރުވާނެ އެވެ.
އަމީތާބު ބަޗަން
އަމީތާބުގެ ސަޕޯޓަރެއް ކަމަށްވަންޏާ "ރިޝްތޭ މެއި ހަމް ތުމާރޭ ބާޕް ހޯތޭ ހޭ، ނާމް ހެއި ޝެހެންޝާ" މި ޑައިލޮގް ނޭގިއެއް ނުދާނެ އެވެ. މި ތާރީހީ ރޯލަށް އަމީތާބް ވަނީ 14ކިލޯގެ ބަރުހުރި ކޮސްޓިއުމްއެއް ލާފަ އެވެ. އަދި މިވަރުން ނިންމާ ނުލާ އެކްޓަރަށްވަނީ " ތަގްސް އޮފް ހިންދޮސްތާން" ފިލްމުގައިވެސް ވަނީ 20ކިލޯގެ ބަރު ކޮސްޓިއުމެއް ލާފަ އެވެ. ކޮސްޓިއުމް ބަރުވުމުގެ ސަބަބުން އަމީތާބު ހޭނުނެތުނީ ކިރިޔާ އެވެ.
ދީޕިކާ ޕަޑުކޮން
ޕަދްމާވަތް ވެގެންދާނީ މިހާތަނަށް ދީޕިކާ ފެނިގެންދިޔަ އެންމެ ހިތްގައިމު އެއް ފިލްމަށެވެ. މި ފިލްމުގައި ވަރަށް ގިނަ ކަނަތައްތައް ވަނީ ވަރަށް ކެތްތެރިކަމާ އެކީ ކޮށްފަ އެވެ. މި ފިލްމުގައި ދީޕިކާ ވަނީ 100 ދުވަސް ވަންދެން 30 ކިލޯގެ ބަރުހުރި ލެހެންގަ 12-14 ގަޑިއިރުގެ ދެމެދުގެ ގިނަ އިރައް ޝޫޓިންގައި ލައިފަ އެވެ. މި ލެހެންގާގެ ޝައުގުވެރިކަމަކީ 400 ކިލޯގެ ރަން މި ހެދުމަށް ބޭނުން ކޮށްފައިވާ ކަމެވެ.
އައިޝްވާރިއާ ރާއި ބަޗަން
އައިޝްވާރިއާ ރާއި ބަޗަންވަނީ އިންޑިއާގެ ބައެއް ހިތްގައިމު ރީތި ސަގާފީ ގޮތްތަކެއް ބޮލީވުޑްގައި ހިސްޓްރީ ފިލްމް ޖޯދާ އަކްބަރްގައި ދައްކާލައިފަ އެވެ. ހަމައެކަނި އެކްޓްރެސް އެޅި 200 ކިލޯގެ ގަހަނާ ޑިޒައިން ކުރުމަށް ވެސް 200 ކްރާފްޓްސްމެންއަށް 600 ދުވަސް ނެގި އެވެ.