ވާރެއާ ތެމުމަކީ ވިއްސާރަ މޫސުމެއްގައި ޒުވާނުން އާއްމުކޮށް، ކޮށް އުޅޭ ކަމެކެވެ. މިއީ އާއްމުކޮށް މުނިފޫހިފިލުވައި، މަޖާކޮށްލުމުގެ ގޮތުން ކޮށްއުޅޭ ކަމެއް ނަމެވެސް ސިއްހަތަށް ވެސް ވަރަށް ގިނަ ފައިދާތައް ލިބޭ ކަމަކެވެ.
އިސްތަށިގަނޑު ވަރުގަދަކޮށްދޭ
ވާރެއަކީ ގުދުރަތީ ގޮތުން އިސްތަށިގަނޑު ސާފުކޮށް ދޮވެލުމަށް ރަނގަޅު ފެނެކެވެ. މިފެނަކީ އަލްކަލައިން ގިނަ އަދަދަކަށް ހިމެނޭ ފެނަކަށްވުމުން އިސްތަށިގަނޑުގެ ބުޑުތަކާއެކު ބޮލުގައިވާ ދަލާއި ހަޑި ސާފުކޮށްދެ އެވެ.
ވިޓަމިން ލިއްބައިދޭ
ވާރޭގައި ހިމެނޭ ޕީއެޗް އަލްކަަލައިންއަކީ ހަށިގަނޑަށް ބޭނުންވާ ވިޓަމިންއެއް ކަމަށްވާ ވިޓަމިން ބީ 12 ލިއްބައިދޭ މާއްދާ އެކެވެ. އެހެންކަމުން ވިޓަމިން ބީ12 ބޭނުންނަމަ، 15 މިނެޓް ވަންދެން ވާރެއާ ތެމިލުން ރަނގަޅުވާނެ އެވެ.
ހަންގަނޑު ރީތިކޮށްދޭ
ވާރޭ ފެނަކީ ހަންގަނޑުގައި ނޫފައިގަނެފައި ހުންނަ ތަންތަނާއި ބިހިތައް ރަނގަޅު ކުރަން އެހީވެދޭ ފެނެކެވެ. ވިހި މިނެޓު ވަންދެން ވާރޭއާ ތެމުމުން ހަންގަނޑު ތާޒާވެ ރީތިކޮށްދޭނެ އެވެ.
ޖަންގްޝަނުން ނަޖިސް ބޭރުވަނީ، އެމްޑަބްލިޔުއެސްސީގެ ބަހެއް ނެތް
އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ލަންކާ ކަނޑަށް ވެއްޓިއްޖެ
ވިއްސާރައިގައި، ކަނޑޫދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް