ކުރުނބާ ފެނަކީ ދިވެހިންނަށް ވަރަށް ފަސޭހައިން ލިބޭނެ ބުއިމެކެވެ. އެހާމެ ރަހަ ވެސް މީރު ބުއިމެކެވެ. ހުރިހާ އުމުރެއްގެ މީހުން ވެސް ބޯހިތުން ބޯ ބުއިމެެކެވެ.
ކުރުނބާ ފެނަކީ ބަރުދަން ލުއިކުރަން އެހީވެދޭ އެއްޗެއް ކަމަށް އެންމެ ފަހުގެ ދިރާސާތަކުން ވަނީ ދައްކާފަ އެވެ. އެހެން ކަމުން ބަރުދަަން ލުއިކުރަން ބޭނުންވާ ފަރާތްތަކުން މި ބުއިން ބުއިމަކީ އެދެވިގެންވާ ކަމެކެވެ.
ޕޮޓޭސިއަމް، ފައިބާ އަދި ޕްރޮޓީންސް ފަދަ ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް މުއްސަނދި މި ބުއިމަކީ ކެލޮރީސް މަދު ހަށިގަނޑުގައި ވަރު ޖައްސައިދޭ ބުއިމެކެވެ. އެހެންކަމުން ކުރުނބާ ފެން ބޮއިފިނަމަ ކެއުން މަދުކޮށް ގިނައިރު ގައިގައި ވަރު ހުންނާނެ އެވެ.
އެހެން ބުއިންތަކާ ޚިލާފަށް ކުރުނބާ ފެން ބުއިމަށް ވަކި ވަގުތެއް ނޯވެ އެވެ. ދުވާލުގެ ކޮންމެ ވަގުތެއްގައި ވެސް މި ބުއިން ބޮއިފިނަމަ އޭގެ ފައިދާތައް ހަމަ އެންމެ ރަނގަޅަށް ލިބިދޭނެ އެވެ.
ވަރުދެެރަވުމާއި ބަނޑު ހިއްކުމުގެ މައްސަލަތައް ހައްލު ކުރުމަށް އާއްމުކޮށް ބޮއި އުޅޭ މި ބުއިން ބަރުދަން ލުއިކުރަން މަސައްކަތް ކުރާ ފަރާތްތަކުން ބުއިމުން އެކަމުގެ ނަތީޖާ އަވަހަށް ފެންނާނެ އެވެ.