ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ދިރިއުޅުއްވުމަށް ސަރުކާރުން ގެކޮޅު ހަމަޖައްސަވައި ދެއްވައިފި އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވުމަށް ރެހެންދި އެޕާޓްމަންޓް ކޮމްޕްލެކްސް އިން އެޕާޓްމަންޓެއް ހަމަޖައްސަން ސަރުކާރުން ވަނީ ނިންމަވާފަ އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މުރައިދޫގެ އާއި ރެހެންދި ފްލެޓްގެ އެޕާޓްމަންޓަށް އެ ދެބޭފުޅުން ބަދަލުވުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގެކޮޅުގަ އެވެ.
ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސްއަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.
ދެ އިސްލާހުގައި ވަނީ ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖެއްސުމާއެކު، އެ ދެ ބޭފުޅުންނާއެކު ރަސްމީ ގެކޮޅުގައި ދިރިއުޅުއްވޭނެ އެ ބޭފުޅުންގެ އާއިލާގެ ބޭފުޅުން ވެސް ކަނޑައަޅާފަ އެވެ. އޭގެ އިތުރަށް އެ ގެކޮޅުތަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ހަމަޖެއްސުމަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ. އަދި އުއްތަމަފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ހަމަޖައްސާ ގެކޮޅަކީ އެތަނުގައި ދައުލަތުގެ ފަރާތުން ހަމަޖައްސަންޖެހޭ ސަލާމަތީ ކަންކަން ހަމަޖެއްސޭ މިންވަރުގެ ގެކޮޅަކަށްވާން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
މިހާރު އިސްލާހަށް މަޖިލީހުން ގެނައި ބަދަލުތަކާއެކު އުއްތަމަފަނޑިޔާރުގެ ގެކޮޅަށް ރަސްމީ މުވައްޒަފުން ސުޕްރީމް ކޯޓުން ހަމަޖައްސާ ގޮތަށް އަދި މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ރަސްމީ މުވައްޒަފުން މަޖިލީހުން ހަމަޖައްސާ ގޮތަށްވަނީ ބަދަލުކޮށްފަ އެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދެމުންދާ ދައުލަތުގެ އިސް ބޭފުޅުންގެ ސަލާމަތާ ރައްކާތެރިކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުންނަވައިގެން ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެންނެވެ.
އަބަދުވެސް ވެރިކަން މިކުރަނީ ކޮރަޕްޓު އެއްބަޔަކު. އާ ބަޔަކު ވެރިކަން ކޮށްގެން ރަގަޅުވާނީ، މަޖިލިސް މެމްބަރުކަން ފަސް އަހަރު އުޅެފިއްޔާ މުސާރައިގެ ވަކިޕަސެންޓެއް ޕެންޝަނުގެ ގޮތުގައި ލިބޭ ގޮތަށް ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެގޮތަށް އޮންނަން ޖެހޭ، ފަސް އަހަރު ދައުލަތުގެ ވަޒީފާގައި އުޅެފަ ވަކިވެއްޖެނަމަ މުސާރައިގެ ވަކިޕަސެންޓެއް ލިބެންޖެހޭ ކޮންމެ މީހަކަށް ވެސް.
ޢަޅެ ރެހެންދި ފްލެޓްގަ އަންނި ބެހެއްޓިނަމަ އެތަން މާ ސަޅި އެއްނު . މުރައިދޫގެ އެކޭ ކެނެރީގެއެކޭ ކޮބާ ތަފާތެއް ވަށައިގެން ހަނި ގޯޅިތައް
ސައުންޑް ޕްރޫފް ކޮށްގެން ނޫނީ އަންނިއަށް އެތާ ނޫޅެ ވޭނެ ޖެހިގެންހުރީ މިސް ކިތެއް ބަންގީގެ އަޑު ވަރަށް ގަދަވާނެ މަހިތުން އޭނާއަށް އެ އަޑު އަހަން އެހާ ފަސޭހައެއް ނުވާނެ.
ކިހާދުވަހަކު ދިރިއުޅެވޭނެބާ މޮޅުތަކުގައި. ހަމަގައިމު ވެސް މިވެރިކަންނިމެންދެން