މަޝްހޫރު ފަންނާނުންނަށް އެ މީހުންގެ ބޮޑީގާޑުންނަކީ ވަރަށް މުހިއްމު ބައެކެވެ.
އެ މީހުން އެމީހުންނާ ހަވާލުކުރެވިފައިވާ ޒިންމާ އޭގެ އެންމެ އެދެވޭ ގޮތުގައި އަދާކުރެވޭތޯ މަސައްކަތްކުރެ އެވެ. އޭގެ ބަދަލުގައި އެ މީހުންނަށް އެކަށީގެންވާވަރުގެ އުޖޫރައެއް ވެސް ގިނަ ފަންނާނުން ދެ އެވެ. އެގޮތުން މިފަހަރު މި ބަލާލަނީ ބޮލީވުޑްގެ ބައެއް މަޝްހޫރު ތަރިން އެ މީހުންގެ ބޮޑީގާޑުންނަށް ދޭ އުޖޫރަ އަށެވެ.
ސަލްމާން ޚާން
ސަލްމާން ޚާންގެ ބޮޑީގާޑް ގުރްމީތް ސިންގް ނުވަތަ އާންމު ނަމުންނަމަ ޝޭރާއަކީ އެންމެން ވެސް ދަންނަ މީހެކެވެ. އޭނާ ސަލްމާން ޚާންގެ ބޮޑީގާޑްގެ ގޮތުގައި މަސައްކަތް ކުރާތާ 27 އަހަރު ވަނީ ވެފަ އެވެ. މީޑިއާ ރިޕޯޓްތަކުން ހާމަވާގޮތުގައި ސަލްމާން ޚާން ޝޭރާއަށް އަހަރަކު ދެ ކުރޯރް އިންޑިއަން ރުޕީސް (290,000 ޑޮލަރު) އުޖޫރައިގެ ގޮތުގައިދެ އެވެ.
ޝާހްރުކް ޚާން
ޝާހްރުކް ޚާންގެ ބޮޑީގާޑް ރަވީ ސިންގްއަކީ ބޮލީވުޑްގައި އެންމެ ބޮޑު އުޖޫރަ ލިބޭ ބޮޑީގާޑް އެވެ. އޭނާއަށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 2.7 ކުރޯރް އިންޑިއަން ރުޕީސް (362,770 ޑޮލަރު) އާމްދަނީގެ ގޮތުގައި ޝާހްރުކް ޚާން ދެ އެވެ
އަނުޝްކާ ޝަރްމާ
އަނުޝްކާގެ ބޮޑީގާޑް ސޯނޫ އަކީ ވެސް އަނުޝްކާގެ ހިދުމަތުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މީހެކެވެ. އަނުޝްކާ އޭނާ ދެކެނީ ވެސް އާއިލާ މީހެއްގެ ގޮތުގަ އެވެ. ކޮންމެ އަހަރަކު ސޯނޫގެ އުފަން ދުވަސް ވެސް އޭނާއާއެކު އަނުޝްކާ ފާހަގަކުރެ އެވެ.
ސޯނޫ އަށް އަހަރެއްގެ މައްޗަށް އަނުޝްކާ ދޭ އުޖޫރަ އަކީ 1.2 ކުރޯރް އިންޑިޔަން ރުޕީސް (161,231 ޑޮލަރު) ކަމަށްވެ އެވެ.
ދީޕިކާ ޕަދުކޯން
ދީޕިކާގެ ބޮޑީގާޑް ޖަލާލްއަކީ ދީޕިކާ އޭނާގެ ބޭބެ އެއްގެ ގޮތުގައި ދެކިގެން ގެންގުޅޭ މީހެކެވެ . 2017 ވަނަ އަހަރާ ހަމައަށް އަހަރެއްގެ މައްޗަށް ޖަލާލްއަށް ލިބޭ އުޖޫރަ އަކީ 800،000 އިންޑިއަން ރުޕީސް (10,748 ޑޮލަރު) އެވެ.
އަމީތާބް ބައްޗަން
އަމީތާބުގެ ބޮޑީގާޑް ޖިތޭންދްރާ ޝިންދޭއަކީ އޭނާގެ އަމިއްލަ ސެކިއުރިޓީ އޭޖެންސީއެއް ހިންގާ މީހެކެވެ. ނަމަވެސް އަމީތާބް ބައްޗަންގެ ސެކިއުރިޓީގެ ޒިންމާ އަދާކުރަނީ ޚުދު އޭނާ އެވެ. އޭނާއަށް އަހަރެއްގެ މައްޗަށް 1.5 ކުރޯރް އިންޑިޔަން ރުޕީސް (228,410 ޑޮލަރު) ލިބެ އެވެ.