ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގައި ބާރު އަޑެއް ގޮވީ ވެލްޑިން ކުރަން އުޅެނިކޮށް ހިނގި ހާދިސާއަކުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ބުނެފައި ވަނީ ހުޅުމާލެ، ބޯގަންވިލާ މަގު ސަރަހައްދުގައި ރޭ 12:35 ހާއިރު ބާރުގަދަ އަޑެއް ގޮވުމާ ގުޅިގެން ފުލުހުންނާއި ސިފައިން އެކުގައި މަސައްކަތްކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ތިބި މީހުންނާ ސުވާލުކޮށް ބަލަން ޖެހޭ ކަންތައްތައް ބަލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިތާނަށް ބެލި ބެލުމުން ބާރުގަދަ އަޑެއް ގޮވާފައިވަނީ ހުޅުމާލެ ލޮޓް ނަންބަރު 1138 ގެ ޓެރެސް މަތީގައި ވެލްޑިން ކުރުމުގައި ހަރަކާތްތެރިވުމުގެ ތެރޭގައި ހިނގި އެކްސިޑެންޓަކުން ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލާ ވާހަކަ ދެއްކޭނީ ލިޔުމުން އެކަނި: މުއްތަލިބު
އެމްބާޕޭގެ ރެކޯޑް ލަނޑާއެކު ފްރާންސަށް މޮޅެއް
"ދަ ސިމްޕްސަންސް"އިން ފައިނަލްގެ ދެ ޓީމު ދިމާ ކުރީތަ؟
