ފެނާއި ނަރުދަމާ މަޝްރޫއު ކުރިއަށް ގެންދަށް އިއުލާނު ކުރި ހަތް ރަށެއްގެ ބީލަށް ކެންސަލް ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އިއުލާނު ކުރި ހަތް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބަޔަކު ހޯދުމަށް ކުރި އިއުލާނު ބާތިލުކޮށްފައިވާ ކަމަށެވެ. ބީލަން ބާތިލުކޮށްފައިވަނީ ބ. ފެހެންދޫ، ބ. ފުޅަދޫ، ށ. ނޫމަރާ، ށ. ބިލެއްފަހި، ނ. ލަންދޫ، ބ. ކިހާދޫ، ބ. ދޮންފަނުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު އެވެ.
މި ރަށްތަކުގެ ބީލަށް ކެންސަލްކުރި ސަބަބެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
މި މަޝްރޫއުތަކަކީ ނިމުނު ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އިއުލާނު ކުރި މަޝްރޫއުތަކެކެވެ.
ސަރުކާރުން ދަނީ ޕީއެސްއައިޕީ ބަޖެޓުންނާއި ބޭރުގެ ހިލޭ އެހީގައި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް އިއުލާނުކޮށް ކުންފުނިތަކާ ހަވާލުކުރަމުންނެވެ. ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާއިން ނަގާފައިވާ ލޯނުންނެވެ.
ވިއްސާރައިގައި، ކަނޑޫދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ