ފޯނަކީ މިޒަމާނުގައި އަހަރުމެންގެ އަސާސީ ބޭނުމެކެވެ. އުމުރުން އެންމެ ދުވަސްވީ މީހާއިން ފެށިގެން ހިނގައިނުގަނެވޭ ކުޑަކުދިންނަށް ވެސް ފޯނު ވެފައި ވަނީ ވަރަށް ބޭނުންތެރި އެއްޗަކަށެވެ.
ނަމަވެސް މިކުޑަ ކުޑަ ޓެކްނޮލޮޖީގެ ވަސީލަތުގެ ސަބަބުން ތިބާގެ ދަރިފުޅުގެ ހަނދާން ބަލިވެ ވިސްނުން ކޮށިވާކަން އެނގޭނަމަ ފޯނު އެކުދިން އަތަށް ދޭނަން ހެއްޔެވެ؟
އެންމެ ފަހުގެ ދިރާސާތަކުން ދައަކާ ގޮތުގައި ފޯނުގެ ސަބަބުން ކުއްޖާގެ ސިކުނޑީގެ މަސައްކަތަށް ބަދަލުތަކެއް އަންނައިރު އެބަދަލުތަކުގެ ސަބަބުން ހަނދާން ބަލިވާން މެދުވެރިވެ އެވެ.
ފުރާވަރަކީ ކުއްޖާ ހެދިބޮޑުވަމުން އަންނައިރު މުހިއްމު ދައުރަކަށް ވާއިރު މި ދައުރުގައި ދިރިއުޅުމުގެ ގިނަ ކަންކަމަށް ޓެކްނޮލޮޖީއަށް ބަރޯސާވާން އާދަވެއްޖެ ނަމަ މުސްތަގްބަލުގައި ގިނަ މައްސަލަތަކެއް ކުރިމަތިވާނެ އެވެ.
އެގޮތުން ޕޯސްވޯޑްތައް ހަނދާން ބެހެއްޓުމާއި ރިމައިންޑާސް ފަދަ ކަންކަމުގެ ސަބަބުން ސިކުނޑިން ކުރަންވާ ކަންތައްތައް ޓެކްނޮލޮޖީއަށް ބަރޯސާވުުމުގެ ސަބަބުން އަމިއްލަ ސިކުނޑިއަށް މިކަންކަން ހަނދާންވުން ކުޑަކޮށްދެ އެވެ.
ކަންމިހެން އޮތްއިރު ގިނަ ވަގުތު ކުދިންނަށް ފޯނު ދީގެން އުޅުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން އަގު ވަޒަން ކޮށްލެވޭނެ އެވެ. އެހެންކަމުން މި ގޯސް އާދައާ ދުރަށްދާން ގަސްދުކުރަމާ ހިނގާށެވެ.