ސވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ހުކުމް އިއްވުން ލަސްވާ ކަމަށް ބުނާ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަން ފަށައިފި އެވެ.
ހާފިޒާގެ މައްސަލަ ޖޭއެސްސީ ހުށަހެޅީ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރެވެ.
ނާޒިމް ވިދާޅުވީ ގާޒީ ހާފިޒާގެ ސެކްޝަންގައި ހިނގަމުންދާ އޭނާގެ މުވައްކިލުންގެ މައްސަލަތައް ބެލުމުގައި ވަރަށް ބޮޑަށް ލަސްވަމުން ދާކަމަށެވެ. އަދި އެތައް ފަަހަރަކު އެދުމުން ވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައިނުވާކަމަށެވެ.
އިތުރަށް ނާޒިމް ވިދާޅުވީ، އޭނާގެ މުވައްކިލުންގެ މައްސަލަތަކާ ގުޅޭގޮތުން ފޮނުވާ ސިޓީތަކަށް ޖަވާބު ލިބުމުގައި ހާފިޒާގެ ސެކްޝަނުން ލަސްވާކަމަށެވެ. އެގޮތުން އެޕްރީލް މަހުން ފެށިގެން ފޮނުވިި އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައިނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ހަށިގަނޑުން ނުބައި ވަސް ދުވާނަމަ ޑޮކްޓަރަށް ދެއްކުން އަވަސްކުރޭ!
"ދުރަންދަރް"ގައި އަކްޝޭ ދެއްކި ހުނަރަށް ތައުރީފް އޮހެނީ!
ޖެކީ ޗެންގެ މިލްކިއްޔާތުން ދަރިންނަށް ހިއްސާއެއް ނެތް!