ބްރެސީލިއާ (12 ޖުލައި) - ބްރެޒިލަށް އިމްޕޯޓްކުރި ވެކްސިން ޝިޕްމަންޓެއްގައި ރައީސް ޖެއިރު ބޮލްސޮނާރޯއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަ ކޯޓު އަމުރެއްގެ ދަށުން ބްރެޒިލްގެ ފެޑެރަލް ޕޮލިހުން އިތުރަށް ތަހުގީގުކުރަން ފަށައިފި އެވެ.
މިދިޔަ ފެބުރުއަރީ މަހު 316 މިލިއަން ޑޮލަރުގެ ވެކްސިން ހޯދުމަށް ބާރަތު ބަޔޯޓެކު އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އޮޅުވާލައިގެން ވެކްސިންގެ އަގު ދަށްކޮށް ގަނެފައިވާކަން ފަޅާއެރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އެ ގައުމުގައި ކޮވިޑް-19ގެ ހާލަތު މޮނީޓާކުރުމަށް އެކުލަވާލާފައިވާ ސެނެޓުގެ ކޮމިޝަނަކުން ވަނީ އަގުބޮޑުކޮށް ވެކްސިން ގަންނަ ކަމަށް ޝައްކުކުރެވޭ ކަމަށް މީގެ ކުރިން ވެސް ބުނެފަ އެވެ. ސެނެޓުގެ ބައެއް މެމްބަރުން ވަނީ މި މައްސަލަ ފެންމަތިވުމާއެކު އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ ބޮލްސޮނާރޯއަށް ފާޑު ކިޔާފަ އެވެ.
މި މައްސަލައަށްފަހު އެއްބަސްވުން ކެންސަލް ކޮށްފައިވާއިރު، ބޮލްސޮނާރޯ ވަނީ ޣައިރު ގާނޫނީ ގޮތުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އޭނާއަށް ކުރަމުންދާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ފެޑެރެލް ޕޮލިހުގެ އިތުރުން އެ ގައުމުގެ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވެސް އަންނަނީ މި މައްސަލައިގެ ވަކި ތަހުގީގެއް ހިންގަމުންނެވެ. -- ރޮއިޓާސް
"ދަ ސިމްޕްސަންސް"އިން ފައިނަލްގެ ދެ ޓީމު ދިމާ ކުރީތަ؟
ރާއްޖޭގެ ޑީޖީޕީ މިއަހަރު ހުންނާނީ 1 ޕަސެންޓްގައި: އައިއެމްްއެފް
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް