ދިވެހި ފިލްމް އިންޑަސްޓްރީއިން ކުޅަދާނަ ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ)އަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން ހާމަކޮށްފި އެވެ.
ދޮން އައްޔަ އާއި އަންހެނުން ހައްވާ ޖީނާ ކައިވެނިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު ހައެއްގަ އެވެ.
ކައިވެންޏަށް ދެ އަހަރުވާން ކައިރިވެފައި ވަނިކޮށް ދޮން އައްޔަ ބައްޕައަކަށް ވާން އުޅޭކަން ހާމަ ކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ.
"ޖާނޫ ދެކިލާ ހިތުން ކެތް މަދުވެފައި،" އަންހެނުން ބަނޑުގައި އަތް އަޅައިގެން ހުރެ ދޮން އައްޔަ އިންސްޓަގްރާމް ޝެއާކުރި ފޮޓޯގައި ބުނެފައިވެ އެވެ.
މިހަބަރާއެކު އައްޔައަށް ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ.
ނެށުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އައި ދޮން އައްޔަ ފިލްމީ މަސައްކަތްތައް ފެށުމަށް ފަހު ކާމިޔާބުތަކެއްގެ ފިލްމުތަކެއްގައި ވަނީ މަސައްކަތް ކޮށްފަ އެވެ.
ބޮޑެތި ފިލްމުތަކެއްގައި މުހިއްމު ރޯލުތަކުން ދޮން އައްޔަ ވަނީ ފެނިފަ އެވެ.
އޭގެ ތެރޭގައި ފިލްމު ބޮސް، ހައްދު، ލީނާ، މަލިކާ ފަދަ ފިލްމުތައް ހިމެނެ އެވެ. ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ދޮން އައްޔަ ފެންނާނީ ފިލްމް "ހެހެސް"އިން ނެވެ.
މިރެޔާ ހަމައަށް އީރާނުގެ ޖަވާބެއް ލިބޭނެކަމަށް ބެލެވޭ: ޓްރަމްޕް
ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭ ވާހަކަދައްކާއިރު ސަމާލުވާންޖެހޭ
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!