"ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަހު ވަޒީރުކަން ކުރެއްވި، އަބްދުﷲ ކަމާލުއްދީން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.
އަލަށް ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކުރުމުގެ ގޮތުން ކުރީގެ ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ކަމާލުއްދީން ޓުވިޓާގައި އާންމުކުރި ބަޔާނެގައި ވިދާޅުވެފައި ވަނީ އިސްލާމްދީނަށް ނަސްރުދީ، ގައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީގޮތުން ބާރުވެރިކުރުމަށާއި ގައުމުގެ އިޖުތިމާއީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް އައު އަޒުމެއްގައި، އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިގޮތުން އެ ބޭފުޅާއާއި އެއް ހިޔާލެއްގައި، އެއް މަގުސަދެއްގައި މަސައްކަތް ކުރައްވާ ފަރާތްތަކެއްގެ މަޝްވަރާގެ މަތިން "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމުގެ ހުއްދައަށް މިއަދު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކަމާލުއްދީން އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ރައީސް މައުމޫންގެ އެމްއާރުއެމްގަ އެވެ. އަދި އޭގެ ކުރިން ޖުމްހޫރީ ޕާޓީގެ އިސްސަފުން ވެސް ކަމާލުއްދީން ވަނީ ފެނިފައިވެ އެވެ.
ކަމާލުއްދީންގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ވެސް ގެންދަވަނީ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރަށްވަމުންނެވެ.
އަންހެނުންނަށް ހާޓްއެޓޭކްގެ އަލާމާތްތައް ތަފާތު ވޭތަ؟
ބޮޑުކަންނެލީގެ މަސްވެރިން މުޒާހަރާއަށް ނުކުތުމުން ވައުދު ފުއްދަނީ
ދިރާގުޕޭއިން މި ފަހަރު ބާބާ ގާޑިޔާއިން 1 ރުފިޔާއަށް ޝަވަރުމާއެއް!
ރަގަޅު ފެށުމެއް ޖާގައެއް ލިބޭނެ ކަމުގެ އުއްމީދުގައި !