ކޮވިޑާއި ގުޅިގެން ފުވަައްމުލަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމައިފި އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ދެންނެވުމެއްގައި ވަނީ މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި އަޅާފައިވާ ކާފިއު ވަގުތު ފިޔަވަޅު، ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކުރުކުރުން ހިމެނެ އެވެ. އަދި ކެފޭ ރެސްޓޯރެންޓް ހޮޓާ އަދި ކާބޯތަކެތީގެ ޚިދުމަތް ދޭ އެޗްޕީއޭ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުޅުވައިގެން ހިދުމަތް ދިނުމަށް ހުއްދަ ވަނީ ދީފަ އެވެ. އޭގެ އިތުރުން ސެލޫނުތަކާއި ބޯކޮށާ ތަންތަނުން ހިދުމަތް ދިނުމަށް ވެސް ވަނީ ކައުންސިލުން ނިންމާފަ އެވެ.
މި ފިޔަވަޅުތަަކަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށް ވެސް އެކައުންސިލުން ބުންޏެވެ.
ސާވިސް ޗާޖަށް ލިބޭ ޑޮލަރު މާރުކުރުން މަނާކުރާ އިސްލާހެއް
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓާސް"
ސަރުކާރުން ކޯޓްތަކަށް ނުފޫޒު ފޯރުވައޭ ބުނާނެ މީހަކު ނެތް: ރައީސް
