މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރު ނިކުތް ބްލޮކް ބާސްޓާ "ބްލެކް ޕޭންތާ"ގެ ސީކުއެލްއެއް ކަމަށްވާ "ބްލެކް ޕޭންތާ: ވަކަންޑާ ފޮރެވާ"ގެ މަސައްކަތްތައް ފަށައިފި ކަމަށް މާވެލް ސްޓޫޑިއޯގެ ރައީސް ކެވިން ފެއިޖް ބުނެފި އެވެ.
މި ސީކުއެލްގެ މަސައްކަތްތައް ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ޕައިންވުޑް ސްޓޫޑިއޯގަ އެވެ. މިއާއެކު ގިނަ ބެލުންތެރިންގެ ދިގު އިންތިޒާރަކަށް ނިމުމެއް އައީ އެވެ.
ފެއިޖް އިތުރަށް ބުނިގޮތުގައި ޗެޑްވިކް ބޯސްމަން ފިޔަވާ ފިލްމުގެ އޮރިޖިނަލް ކާސްޓުން މި ސީކުއެލްގައި ބައިވެރިވާނެ އެވެ. ޗެޑްވިކް ބޯސްމަން ވަނީ ހަތަރު އަހަރު ކެންސަރާ ހަނގުރާމަކުރުމަށް ފަހު މިދިޔަ އަހަރު އެ ބަލީގައި މަރުވެފަ އެވެ.
ޗެޑްވިކް އާ ނުލައި ކުރިޔަށްދާން ޖެހުމުން އެކަމާ ހިތާމަކުރާ ކަމަށާއި ނަމަވެސް ހުރިހާ އެންމެން ވެސް ތިބީ ވަކަންޑާގެ ދުނިޔެ އެނބުރި ގެނައުމަށް ކެތްމަދުވެފައި ކަމަށް ވެސް ފެއިޖް ބުނެފައިވެ އެވެ.
މި ސީކުއެލްގެ މައިގަނޑު ވާހަކައަކީ ކޮބައިކަން އަދި ވަނީ ސިއްރު ކުރެވިފަ އެވެ.

އެސްއެމްއީ ޑިޓިޓަލްއިން 4،000އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ
ރޯދަ މަސް ތުރުކީގައި: މުޅިން ތަފާތު އިހުސާސެއް!
ގަލޮޅު ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި